26 Feb 2018, 12:07
ރާއްޖޭގެ ޖުމްހޫރިއްޔަރަށް 50 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ހޯމް މިނިސްޓްރީއާއި ޔޫތު ލީޑާޒް ނެޓްވޯކުން އިންތިޒާމުކޮށްގެން ބާއްވާ ގައި ބައިވެރިވުމަށް ރާއްޖޭގެ ކޮންމެ ޒުވާނަކަށް ވެސް ކުރިމަތިލެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
މީގެ ކުރިން ކަނޑައަޅާފައިވާ ގޮތުން ޒުވާނުންގެ މާދިރީގައި ބައިވެރިވެވޭނީ ހަމައެކަނި ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ ދަރިވަރުންނަށް އެކަންޏެވެ.
ހޯމް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، ޒުވާނުންގެ މާދިރީގައި ގިނަ ފަރާތްތަކަކުން ބައިވެރިވެވޭނެ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން، ކޮލެޖުތަކާއި ޔުނިވާސިޓީތަކުގެ ދަރިވަރުންގެ އިތުރުން، ހައިސްކޫލު ދަރިވަރުންނާއި ޖަމިއްޔާ ޖަމާއަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށްވެސް މޮޑެލް ޕާލަމެންޓުގައި ބައިވެރިވެރިވެވޭނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
އަދި އޭގެ އިތުރުން، އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކަށް ވެސް ނަމނާ މަޖިލީހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު އޮންނާނެކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
މޮޑެލް ޕާލަމެންޓަށް ޒުވާނުން ހޮވުމަށް ހަމަޖެހިފައިވަނީ އޮޑިޝަނެއް މެދުވެރިކޮށެވެ. އެ މަޖިލީހަށް ހޮވުމުގައި ދިވެހި ބަހަށް ދޫ ފަރިތަ، މައުލޫމާތު މުއްސަނދި ކުދިންނަށް އިސްކަން ދެވޭނެކަމަށް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
މިނިސްޓްރީން ބުނީ، ޒުވާނުންގެ މާދިރީއަށް ކުރިމަތިލުމުގެ ފުރުސަތު، މާޗު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާނެ ކަމަށާއިބައިވެރިވުމަށް އެދި ހުށަހަޅާ ފޯމުމިނިސްޓްރީންނާއި އެތަނުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.