ދެކުނު އިންޑިއާގެ ކުޅަދާނަ އެކްޓަރު ދަނުޝްގެ ފުރަތަމަ ހޮލީވުޑް ފިލްމު "ދި އެކްސްޓްރާ އޯޑިނަރީ ޖާނީ އޮފް ދި ފާކިރް" އަންނަ މެއި މަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ކެން ސްކޮޓް ޑައިރެކްޓް ކުރާ އެ ފިލްމުގައި އޭނާ ކުޅޭނީ ޖާދޫގަރެއްގެ ރޯލެވެ. ފިލްމުގައި އޭނާއާއެކީ ހަރަކާތްތެރިވާ އަންހެން ލީޑް ތަރިއަކީ ފްރާންސްގެ މަޝްހޫރު ބަތަލާ ބެރެނީސް ބޭޝޯ އެވެ.

ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ އެ ފިލްމަކީ މަޝްހޫރު ގިނަ ހޮލީވުޑް ތަރިންނެއް ހަރަކާތްތެރިވާނެއެވެ.

އޭގެ ތެރޭގައި 2014 ވަނަ އަހަރު އޮކްސްކާއަށް ނޮމިނޭޓްވި ބަތަލު ބަރްހާދް އަބްދީ، "ޖޭސިކާ ޖޯންސް" އިން މަގްބޫލުކަން ލިބުނު އެރިން މޮރިއާޓީ ވެސް ފިލްމުގެ ތަރިންގެ ގޮތުގައި ހިމެނިފައިވެއެވެ.

ފިލްމުގެ ޝޫޓިން މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް ފިލްމުގެ ޓީމުން ބުންޏެވެ.

ފިލްމުގެ ތަރިންނާ ހަވާލާދީ ބޭރުގެ ރިޕޯޓްތައް ބުނީ އެ ފިލްމަކީ ވަރަށް މަޖާ އަދި ހިތްހަމަ ޖެހިގެން ނިންމާލެވުނު ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ. އަދި ހުރިހާ ތަރިންގެ އެއްބާރުލުން ފިލްމު ކުޅެމުން ދިޔަ ވަގުތު ލިބުމުން ވަރަށް ފަސޭހަވި ކަމަށާއި ހުރިހާ ތަރިންނާ ދެމެދު ވެސް މިހާރު ގާތް ގުޅުމެއް އުފެދިފައިވާ ކަމަށް ތަރިންނާ ހަވާލާދީ ބައެއް ރިޕޯޓްތައް ބުނެއެވެ.

ދަނުޝްއަށް އެންމެ ބޮޑު މަޝްހޫރު ކަމެއް ލިބުނީ އޭނާގެ އަޑުން ކިޔާފައިވާ ލަވަ "ވައި ދިސް ކޮލަވެރި ޑީ" އަށް ފަހުއެވެ.

"ދި އެކްސްޓްރާ އޯޑިނަރީ ޖާނީ އޮފް ދި ފާކިރް" ރިލީޒްކުރާނީ މެއި 30ގައެވެ.

މަސްދަރު: ޑީއެންއޭ