އެޕަލް އިން އެމީހުންގެ އަމިއްލަ ހެޑްފޯނެއް އުފެއްދުމުގެ މަސައްކަތް ފަށައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ކޭޖީއައި ސެކިއުރިޓީސްގައި މަސައްކަތްކުރާ އެޕަލް އެނަލިސްޓް މިންގް ޗީ ކުއޯ އާއި ހަވާލާދީ ހަބަރުތައް ބުނާ ގޮތުން އެޕަލް އިން އަންނަނީ އެމީހުންގެ އަމިއްލަ "އޯވާ އިއާސް ހެޑްފޯން"އެއް ޑިވެލޮޕްކުރަން ތައްޔާރުވަމުންނެވެ. މި ހެޑްފޯނު މި އަހަރުގެ ފަހުކޮޅު ބާޒާރަށް ނެރޭނެ ކަމަށް ބެލެވެ އެވެ.

މި ހެޑް ފޯނަކީ އެޕަލްގެ އިއާޕޮޑްސް އާ އެއްގޮތަށް ބޭނުންކުރާ މީހުންނަށް ފަސޭހަ އުފެއްދުމަކަށް ހަދަން އެޕަލް އިން މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި އުފެއްދުމަކީ އިއާ ޕޮޑްސް އަށް ވުރެ ވެސް ސައުންޑް ކޮލެޓީ ރަނގަޅު އުފެއްދުމަކަށް ވާނެ އެވެ.

މިހާރު 159 ޑޮލަރަށް ވިއްކާ އިއާ ޕޮޑްް އަށް ވުރެ މި ހެޑްފޯނުގެ އަގު ބޮޑުވާނެ ކަމަށްވެ އެވެ. އެޕަލް އިން އަންނަނީ އިއާ ޕޮޑްސް އަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް ކޮލެޓީ ރަނގަޅު ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން އިއާ ޕޮޑްސް އިން ސިރީ އެކްޓިވޭޓްކޮށްލެވޭ ގޮތަށް މި އަހަރު ގަދާނެ ކަމަށާއި އަންނަ އަހަރު، އިއާ ޕޮޑްސް އަކީ ވޯޓާ ރެސިސްޓެންޓް އުފެއްދުމަކަށް ހަދަން މަސައްކަތް ކުރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެޕަލް އިން އެމީހުންގެ އަމިއްލަ ހެޑްފޯނެއް ޑިވެލޮޕްކުރާއިރު އެޕަލް އިން ވަނީ 2014 ވަނަ އަހަރު ތިން ބިލިއަން ޑޮލަރަށް، ބީޓްސް ހެޑްފޯނު ކުންފުނި ވެސް ގަނެފަ އެވެ.