ދަށް ފެންވަރުގެ ފޯނުތަކަށް ހާއްސަކޮށްގެން ގޫގުލްއިން ޑިވެލޮޕްކުރި އެންޑްރޮއިޑް ގޯއަށް ހާއްސަ ފުރަތަމަ ފޯނު ދައްކާލައިފިއެވެ.

އަލްކަޓޭލް އިން ނެރުނު މި ފޯނުގައި ބޭނުންކުރާނެ އޯއެސް އަކީ އެންޑްރޮއިޑް އޯރިއޯ ގޯ އެޑިޝަން އެވެ.

އަލްކަޓޭލް އިން ނެރުނު އަލްކަޓޭލް 1 އެކްސް އަކީ "ލޯ އެންޑް" ސްމާޓް ފޯނެކެވެ. 1 ޖީބީގެ ރެމް އަކާއި 16 ޖީބީގެސް ޓޯރޭޖް ހިމެނޭ މި ފޯނުހައި 5.3 އިންޗީގެ ޑިސްޕްލޭއެއް ހިމެނެއެވެ. މައިކްރޯ ޔޫއެސްބީ އިން ޗާޖް ކޮށްލެވޭ މި ފޯނުގެ ބައެއް މޮޑެލްތަކުގައި ފިންގާ ޕްރިންޓް ސްކޭން ކުރެވޭއިރު އަނެއް މޮޑެލްތަކުގައި ފޭޝަލް ރިކޮގްނިޝަން ފީޗާ ބޭނުންކޮށްފައިވެއެވެ.

އަލްކަޓޭލްގެ މި ފޯނު އާންމުކޮށް ބާޒާރަށް ނެރޭނީ އޭޕްރީލް މަހުއެވެ. އަގު އުޅޭނީ 123 ޑޮލަރުގައެވެ.