26 Feb 2018, 09:45
ލައްޕާ ލާ ފޯނު ނޫނީ ފްލިޕް ފޯނަކީ އެއް އިރެއްގައި އެންމެ ބޮޑު ޓްރެންޑެވެ. މޮބައިލް ފޯނުގެ ޒަމާން ފެށިގެން އައި އިރު އެންމެ ވައިގައި ފިފާފައިވަނީ މިކަހަލަ ފޯނެވެ. ނަމަވެސް ސްމާޓް ފޯނުގެ ޒަމާނާއެކު މި ޓްރެންޑް އުވިގޮސްފައިވާއިރު ފްލިޕް ފޯނުގެ އަޖުމަ ބަލާލަން ބޭނުންވާ ފަރާތްތަކަށް އަނެއްކާވެސް މިއޮތީ އެ ފުރުސަތު ފަހިވެފައެވެ.

ނޮކިއާގެ "ބަނާނާ ފޯން"--
މިހާރު ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސްގައި ނޮކިއާ އިން ވަނީ ފްލިޕް ފޯނެއް ނެރެފައެވެ. ނޮކިއާގެ "ބަނާނާ ފޯން" ނުވަތަ 8110 ގައި އެންޑްރޮއިޑްގައި ބޭނުންކުރާ އެޕްލިކޭޝަންތައްވެސް ބޭނުން ކުރެވޭނެއެވެ. މި ފޯނަށް ހާއްސަ އެޕް ސްޓޯއެއްގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.
މީގެ ކުރިން ނޮކިއާ ބަނާނާ މަޝްހޫރުވެފައިވަނީ ފިލްމު މެޓްރިކްސް އިންނެވެ. މި ފޯނަށް ބަނާނާ ފޯނޭ ކިޔަނީ ދޮންކޭލެއްގެ ބައްޓަމަށް އިންނާތީއެވެ.
ޑުއަލް ސިމް ސަޕޯޓުކުރާ މި ފޯނުގައި އެލްޓީއީ އިންޓަނެޓު ބޭނުންކުރެވޭނެއެވެ. 512 އެމްބީގެ ރެމް އެއް އަދި 4 ޖީބީގެ ސްޓޯރޭޖް ހިމެނޭ ފޯނުގައި ދެ މެގަ ޕިކްސެލްގެ ރެއާ ކެމެރާއެއް ހިމެނެއެވެ.

ނޮކިއާގެ "ބަނާނާ ފޯން"--
ފޯނުގައި ސްނޭކް ގޭމް އިންނާނެއެވެ.
މި ފޯނު ބާޒާރަށް ނެރޭނީ މެއި މަހުއެވެ. އަގަކީ 97 ޑޮލަރެވެ.