26 Feb 2018, 09:27
އިއްޔެ އަކީ މުޅި ބޮލީވުޑަށް ވެސް ކަޅު ދުވަހެކެވެ. އިއްޔެ އިރު އަރައިގެން ދިޔައީ ބޮލީވުޑްގެ ސުޕަރސްޓާ ސްރިދޭވީ ކަޕޫރުގެ ކުއްލި މަރު އިއުލާނު ކުރުމާ އެކުއެވެ.
ރިޕޯޓްތައް ބުނާގޮތުގައި އޭނާގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި އިންޑިއާއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭނާގެ ޖަނާޒާގެ ކަންތައްތައް މިއަދުގެ ވަގުތެއްގައު ނޫނީ މާދަމާގެ ވަގުތެއްގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ސްރީދޭވީ މަރުވީ ކައިވެނީގެ ހަފްލާއެއްގައި ބައިވެރިވުމަށް ފިރިމީހާ ބޯނީ ކަޕޫރު އަދި ދަރިފުޅު ޚުޝީ ކަޕޫރާއެކު ދުބާއީގައި ހުއްޓައެވެ. އޭނާ މަރުވީ ހިތް ހުއްޓިގެންނެވެ.
ސްރީދޭވީގެ މަރާ އެކު ގިނަ ފަންނާނުން އަންނަނީ އޭނާގެ އާއިލާއަށް ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.
ކުރީގެ މަޝްހޫރު ބަތަލާ ހެމާ މާލިނީ ކުރި ޓްވީޓެއްގައި ވަނީ "ސްރީދޭވީ މަރުވުމާއެކު އަހަރެން މިހުރީ ކުއްލި ޝޮކެއްގައި" ކަމަށެވެ. އަދި ސްރީދޭވީ ނެތުމުގެ އުނިކަން ފިލްމު އިންޑަސްޓްރީއަށް ދުވަހަކުވެސް ފޫނުބެއްދޭނެކަމަށް ހެމާގެ ޓްވީޓްގައި ވަނީ ބުނެފައެވެ.
Sridevi’s sudden passing away has left me in deep shock. Can’t imagine how such a bubbly person, a wonderful actor, is no more.She has left a void in the industry that cannot be filled. Boney is a good friend & I’ve seen their daughters grow up. My prayers are with the family????
— Hema Malini (@dreamgirlhema)February 25, 2018
ސްރީދޭވީ އޭނާގެ ފިލްމީ ކެރިއަރު ފެށީ ވަރަށް ކުޑައިރުއެވެ. ކުޑަ ކުއްޖެއްގެ ގޮތުގައި ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރުމަށް ފަހު، ސްރީދޭވީ ވެގެން ދިޔައީ ބޮލީވުޑްގެ ފުރަތަމަ އަންހެން ސުޕަސްޓާރަށެވެ.
— Aamir Khan (@aamir_khan)February 25, 2018
ސްރީދޭވީއަށް 2013 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ ޕަދްމާ ޝްރީ އެވޯޑު ވެސް ދީފައެވެ.
އޭނާ ކުޅެފައިވާ ފިލްމުތަކުގެ އަދަދު 275 އަރާ، އޭނާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމު "މޮމް" އިން ވަނީ އެންމެ މޮޅު އެކްޓްރަސްގެ އެވޯޑް ވެސް ލިބިފައެވެ.
މައުލޫމާތު: ޕިންކް ވިލާ