25 Feb 2018, 11:06
ދަށް ފެންވަރުގެ ފޯނުތަކަށް ހާއްސަކޮށްގެން ގޫގުލްއިން ޑިވެލޮޕްކުރިއެންޑްރޮއިޑް ގޯބޭނުންކުރެވެނެ ފޯނުތައް މިއަދު ފަށާ މޯބައިލް ވޯލްޑް ކޮންގްރެސްގައި އާންމު ކުރާނެއެވެ.
އެންޑްރޮއިޑް ގޯ އަކީ މެމޮރީ އާއި ރެމް ދަށް ފޯނުތަކަށް ހާއްސަ އޮޕަރޭޓިން ސިސްޓަމްއެކެވެ. މިދިޔަ ޑިސެމްބަރުގައި އެންޑްރޮއިޑް ގޯ ގެ އޯރިއޯ ވަނީ މޮބައިލް ފޯނު އުފައްދާ ފަރާތްތަކަށާއި ޑިވެލޮޕަރުންނަށް ދޫކޮށްލައިފައެވެ.
އެންޑްރިއޮޑް ގޯ ގައި ހިމެނޭނީ ލައިޓް އެޕްލިކޭޝަންތަކެވެ. އެގޮތުން ޔޫޓިއުބް ގޯ، ޖީމެއިލް ގޯ، ގޫގުލް މެޕްސް ގޯ ފަދަ އެޕްލިކޭޝަންތައް ހިމެނެއެވެ.
އެޕް ޑިވެލޮޕަރުންވެސް އަންނަނީ ލޯ އެންޑް ފޯނުތަކަށް ހާއްސަކޮށްގެން އެޕްލިކޭޝަންތައް ނެރެމުންނެވެ. ފޭސްބުކް ލައިޓް، ޔޫޓިއުބްގޯ އަކީ އެފަދަ ފޯނުތަކަށް ހާއްސަ އެޕްލިކެޝަންތަކެވެ.
އެންޑްރޮއިޑް ގޯ އާއެކު ނެރޭ ފޯނު ވަރަށް އަވަހަށް ބާޒާރަށް ނެރޭނެކަމަށޤ ގޫގުލް އިން ވަނީ ބުނެފައެވެ.