24 Feb 2018, 12:07
ހުކުރު ދުވަހަކީ މަޖިލީހުގެ މަސައްކަތް ކުރާނެ އެންމެ ފަހު ދުވަސްކަމަށް ބުނެ، އިންޑިއާގެ ކަރުނާތަކާ ސްޓޭޓުގެ ގާނޫނު ހަދާ މަޖިލީހުން އަވަސް އަރުވާލާފައި ފަސް ބިލެއް ފާސްކޮށްފި އެވެ.
މި ފަސް ބިލު ފާސްކޮށްފައި ވަނީ 20 މެންބަރުން ތަޅުމުގައި ތިއްބަވަނިކޮށް ބަހުސަކަށް ވެސް ނުގޮހެވެ.
މި ބިލުތަކުގެ ތެރޭގައި މަތީ ތައުލީމު ފޯރުކޮށްދޭ ޔުނިވާސިޓީތަކާ ގުޅޭ ބިލަކާއި ބެންގަލޫރުގެ ބިންތަކާ ގުޅޭ ބިލެއް ވެސް ހިމެނެ އެވެ.
އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީގެ މެޖޯރިޓީ އޮންނަ މި މަޖިލީހުން އަވަސް އަރުވާލާފައި ބިލުތައް ފާސްކޮށްފައިވާތީ ބީޖޭޕީއިން ވަނީ އެކަމާ ނުރުހުން ފާޅުކޮށް ވާހަކަ ދައްކާފަ އެވެ.
ބެންގަލޫރަކީ އިންޑިއާގެ އިދިކޮޅު ޕާޓީ، އިންޑިއަން ނޭޝަނަލް ކޮންގްރެސް (އައިއެންސީ)ގެ މެޖޯރިޓީ އޮންނަ ސްޓޭޓެކެވެ. ބެންގަލޫރުގެ ލެޖިސްލޭޓިވް އެސެމްބްލީގައި ޖުލުލަ 224 މެންބަރުން ތިއްބަވަ އެވެ. އޭގެ ތެރެއިން އައިއެންސީގެ 124 މެމްބަރުން ހިމެނޭ އިރު، އިދިކޮޅު ހަތް ޕާޓީއިން 99 ގޮނޑިއެއް ކޮންޓްރޯލް ކުރެ އެވެ. އޭގެ ތެރޭގައި އިންޑިއާގެ މައި ސަރުކާރު ހިންގާ ބީޖޭޕީގެ 44 ގޮނޑިވެސް ހިމެނެ އެވެ.