ސަލްމާން ޚާންގެ ޅިޔަނު، އާޔޫޝް ޝަރްމާ ބޮލީވުޑަށް ތައާރަފުވާ ފިލްމު، 'ލަވްރާތުރީ' އަންނަ އޮކްޓޫބަރު ރިލީޒް ކުރުމަށް ހަމަޖައްސައިފި އެވެ.

ފިލްމު ރިލީޒް ކުރާ ތާރީޚު ހާމަކޮށްފައި ވަނީ ސަލްމާން ކުރި ޓުވީޓެއްގަ އެވެ. އާޔޫޝް އަދި ވަރީނާ ހުސައިން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ރިލީޒް ކުރާނީ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ.

އަބީރާޖް މިނާވަލާ ޑައިރެކްޓު ކުރާ 'ލަވްރާތުރީ' އަކީ ލޯބީގެ ފިލްމެކެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އިންޑިއާގެ ގުޖުރާތަށެވެ.

'ލަވްރާތުރީ' އަކީ އާޔޫޝް އަދި ވަރީނާގެ ވެސް ފުރަތަމަ ފިލްމެވެ. ފިލްމުގެ ޝޫޓިން މިހާރު ކުރިއަށް އެބަދެ އެވެ.