24 Feb 2018, 10:34
ކްލައުޑް ސްޓޯރޭޖް ކޮމްޕެނީ ޑްރޮޕްބޮކްސް ވުޖޫދަށް އައިތާ 10 އަހަރު ފަހުން، އެކުންފުނީގެ ހިއްސާ އާންމުންނަށް ވިއްކަން ނިންމައިފި އެވެ.
އެމެރިކާގެ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަންގައި އެ ކުންފުނީގެ ހިއްސާ ވިއްކަން ހުޅުވާލާ އިރު ކުންފުނީގެ އަމާޒަކީ އެންމެ ފުރަތަމަ ހިއްސާ ވިއްކަން ހުޅުވާލާ ފުރުސަތުގައި 500 މިލިއަން ޑޮލަރުގެ ހިއްސާ ވިއްކުމެވެ.
ފާއިތުވި ތިން އަހަރު ތެރޭގައި ޑްރޮޕް ބޮކްސް އަށް ވަނީ ބޮޑު ކުރިއެރުމެއް އައިސްފަ އެވެ. ކުންފުނީގެ ރެވެނިއު 2015 ވަނަ އަހަރު ހުރީ 605 މިލިއަން ޑޮލަރުގައި ނަމަވެސް ހުސްވި އަހަރުގެ ނިޔަލަށް ކުންފުނީގެ އާމްދަނީ ވަނީ 1.1 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. ދެހާސް ސޯޅަ ވަނަ އަހަރަށް ބަލާއިރު ޑްރޮޕްބޮކްސް ބޭނުންކުރާ 6.5 މިލިއަން މީހުންނަކީ ފައިސާ ދައްކައިގެން އެ ހިދުމަތް ބޭނުންކުރާ މީހުންނެވެ.
ފާއިތުވި 10 އަހަރަށް ބަލާއިރު ޑްރޮޕް ބޮކްސް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެފައި ވަނ،ީ ޑްރޮޕް ބޮކްސް އަކީ ބޭނުންކުރަން ފަސޭހަ އެޕްލިކޭޝަނަކަށް ވުމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.