22 Aug 2011, 11:22
ކެރަމް ހޯލުގައި މިހާރު ކުރިއަށްދާ އެއް ވަނަ އޯލް ސްޕޯޓްސް ރަމަޒާން ކެރަމް ކަޕްގެ ސިންގަލްސް އިވެންޓުގެ ކްއާޓާ ފައިނަލަށް އަންހެން އަދި ފިރިހެން ބައިން ކުޅުންތެރިން ހޮވިއްޖެ އެވެ.
ފިރިހެނުންގެ ބައިން ކުއަޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޝާފީ މުހައްމަދާއި އަލީ ރިޟްވާނެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ހުސެއިން ފާރިހާއި ހަސަން ނާޒިމެވެ. ތިން ވަނަ މެޗުގައި ބައްދަލުކުރާނީ އަހުމަދު ހާމިދާއި މުހައްމަދު އިބްރާހިމް ރަޝީދެވެ. އަދި ކްއާޓާ ފައިނަލް ހަތަރު ވަނަ މެޗުގައި ބައްދަލުކުރާނީ އިބްރާހިމް މުހައްމަދާއި ހުސެއިން ނީޝާމެވެ.
އަންހެނުންގެ ބައިން ކުއަޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އައިޝަތު ޝަޒުނާ އާއި މަރިޔަމް ރިޝްފާއެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރާނީ މަރިޔަމް ހަޝްމާ ޔޫސުފް އާއި އައިމިނަތް ވިޝާމާއެވެ. ތިން ވަނަ މެޗުގައި ބައްދަލުކުރާނީ އަފީފުއް ނިޝާ އާއި ފާތުމަތު ރައުފާ އެވެ. އަދި އަންހެން ކުއާޓާ ފައިނަލް ހަތަރު ވަނަ މެޗުގައި ބައްދަލުކުރާނީ މަރިޔަމް ނަދާ އިބްރާހިމް އާއި އައިމިނަތު ނިފާޝާއެވެ.
މުބާރާތުގައި މިރޭ ކުޅޭނީ ސިންގަލް އިވެންޓުގެ އަންހެން ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލްގެ މެޗުތައް ތަކެވެ. ކުއާޓާ ފައިނަލުން ބަލިވާ ކުޅުންތެރިން ގަދަ އަށެއްގެ ޖާގަ ތަކަށް ހޮވުމަށް ކުޅެވޭ މެޗުތައްވެސް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ސިންގަލްސް އަދި ޑަބްލްސް އިވެންޓުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.