އިދިކޮޅު ފަރާތްތަކުން އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށްގެންދާ އެއްވުމުގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ހައްޔަރުކޮށްފިއެވެ.

މަހުލޫފު ހައްޔަރުކޮށްފައިވަނީ އެމްޑީޕީ ޖަގަހަ ތެރޭ ހުންނަވަނިކޮށެވެ. މަހުލޫފު ހައްޔަރު ކުރުމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ނުލިބެއެވެ.

މަހުލޫފު ހައްޔަރުކޮށްފައިވާއިރު، ފުލުހުން ވަނީ އެއްވުމުގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހައި އެއްވުން ރޫޅާލައިފައެވެ. މަހުލޫފު ވަނީ އިދިކޮޅު އެއްވުމުގެ ބައިވެރިންނަށާއި ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް ހަދިޔާއެއް އޮންނާނެ ކަމަށް މިއަދު ވިދާޅުވެފައެވެ.

އިދިކޮޅުން ބާއްވާ އެއްވުމަކީ އެކެއް ފެބްރުއަރީގައި ސުޕްރީމު ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ބާޢްވާ އެއްވުމެކެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުގެ އެއްވުން ރޫޅާލުމުން އެއްވުމުގެ ބައެއް ބައިވެރިން އަންނަނީ މ.ކުނޫޒު ސަރަހައްދަށް އެއްވަމުންނެވެ.