ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަޕް އާއިޝަތު ބިޝާމް ފުލުހުންނަށް ދެއްވި ލަފާއަށް ތާއީދުކޮށް، އެ ސްޓޭންޑު ބަދަލު ނުކުރުމަށް އެދި ޕީޖީ އޮފީހުގެ 32 ވަކީލަކު ޕެޓިޝަނެއްގައި ސޮއިކޮށްފިއެވެ.

ޕީޖީގެ ވަކީލުން ޕެޓިޝަނުގައި ސޮއިކުރިކަން އޭގައި ސޮއިކުރި ވަކީލަކު ވަނީ ސަން އަށް ކަށަވަރުކޮށްދީފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ދެކެވަޑައިގަންނަނާތީ މިހާރު ކުއްލި ހާލަތު ނެތް ކަމަށް ވިދާޅުވެ ފުލުހުންނަށް ބިޝާމް ސިޓީއެއް ފޮއްނުއްވި ކަމަށް ވަނީ ވާހަކަ ދެކެވިފައެވެ. މިކަން ދޮގުކުރައްވައި ޕީޖީ ބިޝާމްވެސް އަދި ފުލުހުންވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޕީޖީ އާއި ގުޅުވައިގެން އިއްޔެ މި ވާހަކަތައް ދެކެވުނުފަހުން ސުޕްރީމު ކޯޓުން ވަނީ ކުއްލި ނުރައްކަލުގެ ގަރާރަށް އަމަލު ކުރުމަށް ވަގުތީ އަމުރެއް ނެރެފައެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އިސް ފަރާތްތަކުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނިންމުން ސައްހަ ނޫންކަމަށް ވިދާޅުވެ ފީޖީއަށް، ފުލުހުންނަށް ލަފާ ނުދެއްވޭނެ ކަމަށެވެ.