22 Feb 2018, 21:12
ރާއްޖެއަށް އިމްޕޯޓުކޮށް، ބައެއް ފިހާރަތަކުގައި ވިއްކަންހުރި ތަކެތީގެ ތެރެއިން ރަލުގެ މާއްދާތައް ހިމެނޭ ތަކެއްޗާއި ގަވައިދާ ހިލާފަށް ލޭބަލްކޮށްފައިވާ އުފެއްދުންތައް ކަސްޓަމްސްގެ ބެލުމުގެ ދަށުން އެ ފިހާރަތަކުން ނަގައިފިއެވެ.
ކަސްޓަމްސްއިން ބުނީ އިއްޔެއާއި ރޭ ހިންގި އޮޕަރޭޝަނެއްގައި ބީފް ކެސަރޯލް އަދި ޗިކަން ސްޕްރެޑް މަޔޮނައިސް ފިހާރަތަކުން ނަގާފައިވާ ކަމަށެވެ. މިތަކެއްޗަކީ ގަވައިދާ ހިލާފަށް ލޭބަލްކޮށްފައިވާ ތަކެއްޗާއި، ރަލުގެ ބާވަތްތައް ހިމެނޭކަމަށް ބެލެވޭ ތަކެތި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
މިތަކެތި ވިއްކަން ރާއްޖޭގެ ފިހާރަތަކުގައި ހުރުމުން ސޯޝަލް މީޑިއާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.