ނަވާރަސަތޭކައިގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑު އަދި ޓެމިލް ފިލްމު އިންޑަސްޓްރީގައި ވިދާލި ފިލްމީތަރި ކަމާލް ހަސަން ސިޔާސީ ޕާޓީއެއް އުފައްދައި، ސިޔާސީި ދާއިރާއަށް ނިކުމެއްޖެއެވެ.

ކަމާލްގެ އަމިއްލަ ސްޓޭޓު މަދޫރާއީގައި އޭނާއަށް ސަޕޯޓުކުރާ މީހުންގެ ކުރިމަތީ ކަމާލް ވަނީ އޭނާ ރަސްމީކޮށް ސިޔާސީ މަސައްކަތް ފަށާފައިވާކަން އިއުލާނުކޮށްފައެވެ. މަދޫރާއީއަށް ނިސްބަތްވާ ގިނަ ފިލްމީ ތަރިން ތަކެއް ވަނީ މީގެ ކުރިންވެސް ފިލްމީ ދާއިރާދޫކޮށް ސިޔާސީ ދާއިރާއާ ގުޅިފައެވެ.

އެގޮތުން ރަޖްނީކާންތް ވެސް ވަނީ 2021 ގެ ކުރިން ސިޔާސީ ޕާޓީއެއް އުފައްދާނެކަން އިއުލާނުކޮށްފައެވެ.

ކަމާލް ހަސަން ބުނީ މަދޫރާއީގެ ޗީފް މިނިސްޓަރުގެ މަގާމަށް އައުމަށް މަސައްކަތް ކުރާނެ ކަމަށާއި ކޮރަޕްޝަން ނައްތާލާ ހަމަހަމަކަން ގާއިމް ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މަދޫރާއީ އަކީ ޓެމިލް ނާޑޫގެ ސްޓޭޓެކެވެ. ޓެމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔާލަލީތާގެ ކުއްލި މަރަށްފަހު އެ ސަރަހައްދަކީ ސިޔާސީގޮތުން ހަލަބޮލި ސަރަހައްދެކެވެ. ޖަޔާލަލީތާ އަކީވެސް ކުރީގެ ފިލްމީ ތަރިއެކެވެ.