އިލްކެޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އަހުމަދު އަލީ އިސްތިއުފާ ދެއްވި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. އެކަމަކު އިސްތިއުފާ ދެއްވިކަން 'ސަން' އަށް ވަނީ ކަށަވަރުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އިސްތިއުފާ ދެއްވާފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން އެ ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާނުވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ސުލައިމާނުގެ އިސްތިއުފާއާ އެކު ހުސްވެފައިވާ އެ ކޮމިޝަންގެ މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ.