ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ގާނޫނީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ސަސްޕެންޑްކޮށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އެކަން އިއުލާނުކޮށްފި އެވެ.

ޖުޑިޝަރީން ބުނީ ޝަމީމް ސަސްޕެންޑް ކޮށްފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައެއް ބަލާ ނިންމައި ވަކިގޮތެއް އަންގަންދެން ކަމަށެވެ.

ޖުޑީޝަރީން ބުނީ ސަސްޕެންޝަނުގައި ހުންނަ ދުވަސްވަރު ކޯޓުތަކާއި ޓްރިބިއުނަލުތަކުގައި ވަކާލާތުކުރުން މަނާ ކުރެވިފައިވާ ކަމަށެވެ.

ޝަމީމު އަނެއްކާވެސް ސަސްޕެންޑް ކޮށްފައި މިވަނީ ދެ އަހަރު ވަންދެން ސަސްޕެންޑް ކޮށްފައި ހުރުމަށް ފަހު މީހެ މަހެއްހާ ދުވަސްކުރިން ސަސްޕެންޝަން އުވާލާފައި ވަނިކޮށެވެ.

ޝަމީމްގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ދަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ފުލުހުން ޝަމީމުގެ މައްޗަށް ކުރަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކި ވާހަކައެއްގައި ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތެވެ.