22 Feb 2018, 14:46
ހިޔާލު ތަފާތުވުންތައް ދުރުކޮށް ބަދަހިކޮށް ތިބުމަށް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުންގެ ކިބައިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެދިވަޑައިގެންފި އެވެ.
މިހާރު ރާއްޖޭގެ މަޝްރަހާ ބެހޭ ގޮތުން މެމްބަރުންނާ މަޝްވަރާ ކުރުމަށް މިއަދު މުލިއާގޭގޭގައި ރައީސް ޔާމީން ބޭއްވި ބައްދަލުވުމުގައި މިހާރުގެ ހާލަތު މެމްބަރުންނަށް ވިދާޅުވެ ދެއްވި ކަމަށް މެމްބަރަކު ވިދާޅުވި އެވެ.
ބައްދަލުވުމާ ބެހޭ މާބޮޑު ތަފްސީލެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ރައީސް މެމްބަރުންނާ ބައްދަލު ކުރައްވާފައި މިވަނީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރުމަށް މަޖިލީހުން ފާސް ކުރުމާ ގުޅިގެން މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ކިޔުންތައް އަމާޒު ވެފައިވާ ދަނޑިވަޅެއްގަ އެވެ.
އަދި ބައެއް މެމްބަރުން ޕީޕީއެމް ދޫކޮށް އިދިކޮޅާ ގުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން އަޑު ފަތުރަމުންދާ ދަނޑިވަޅެއްގަ އެވެ.