އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މަލިކް އަކީ ބޮލީވުޑްގެ ވަރަށް ބޮޑު ފޭނެއް ކަމަށް އޭނާ ބުނެފި އެވެ.

ޒޭން ބުނީ އޭނާ އަކީ އެންމެ ކުޑައިރުން ފެށިގެން ވެސް ހިންދީ ފިލްމުތައް ބަލަމުން އަންނަ މީހެއް ކަމަށާއި ހިންދީ ފިލްމުތައް އޭނާ އަށް ވަރަށް ކަމުދާ ކަމަށެވެ.

ވަން ޑިރެކްޝަންގެ ބޭންޑްގައި ހަރަކާތްތެރިވި ޒޭން ބުނީ އޭނާ އަށް އަދި ވެސް އެންމެ ކަމުދާ ފިލްމަކީ 2001 ވަނަ އަހަރު ނުކުތް ފިލްމު "ކަބީ ހުޝީ ކަބި ޣަމް" ކަމަށެވެ. އަދި އޭނާ އަށް އެންމެ ރީތި ލަވައަކީ 1998 ގެނެސްދިން ފިލްމުު "ދިލް ސޭ"ގެ "ޗައްޔާ ޗައްޔާ" ކަމަށެވެ.

ޒޭން ބުނީ ޝާހްރުކް ހާނަކީ ބޮލީވުޑުން އެންމެ ކަމުދާ އެއް ފިރިހެން ބަތަލު ކަމަށެވެ. އަދި އޭނަގެ ފޭވަރިޓަކީ ބޮލީވުޑްގެ ރަސްގެފާނު އަމީތާބު ބައްޗަން ކަމަށެވެ.

"ބޮލީވުޑަށް އަހަރެން ވަރަށް ޝައުގުވެރިކަން ހުރޭ. ހިންދީ މިއުޒިކްތަކުން ޒޭން ވަރަށް އިންސްޕަޔާވޭ. ވަރަށް ކަމުދޭ ފިލްމުތައް ވެސް. ލަވަތައް ވެސް،" ޒޭން ބުންޏެވެ.

ފެޝަން މެގަޒިން "އެލޭ" އަށް ދާދި ފަހުން ޒޭން ދިން އިންޓަވިއުއެއްގައި ބުނީ ހިންދީ ބަހުން ކިޔާފައިވާ ލަވައެއް އޭނާގެ އަޑުން ރެކޯޑްކޮށްފައިވާ ކަމަށެވެ.

މައުލޫމާތު: ބޮމްބޭ ޓައިމްސް