22 Aug 2011, 01:29
ބޭނުންވާތަކެތި
10 ޖޯޑު ބަރަބޯ )ގާނާފައިހުރި(
5 ޖޯޑު ޅަގަބުޅިހުނި
5 ޖޯޑުހަކުރު
2 ޖޯޑު މާފެން
2 މޭޒުމަތީ ސަމުސާ ފިނިފެން
ތައްޔާރުކުރާނެގޮތް
ފުރަތަމަ ހަކުރާއި ހުނި އަދި މާފެން އެއްކޮށް މޮޑެފައި ތާހަށް އަޅާފައި އުނދުންމައްޗަށް އުދާލާފައި މަޑުގިނީގައި ދޭފަތުން ހަލަމުން ހުނިމޯޅިވަންދެން ކައްކާށެވެ. ހުނިމޯޅިވީމާ ބަރަބޯ އެއްކޮށްލާށެވެ، ބަރަބޯރޮފިލުމުން ފިނިފެން ނުވަތަ މާފެން އެއްކޮށްފައި އުނދުންމަތިން ބާލާށެވެ.