މާލެ ސަރަހައްދުގައި ކުނި އުކައި ދިނުމުގެ ހިދުމަތްދޭ ވެމްކޯގެ ބިލު ދައްކަން ފަސޭހަ ހިދުމަތެއް ތައާރަފްކޮށްފިއެވެ.

އެކުންފުނީގެ ހިދުމަތަށް މިހާރުވެސް އޮންލައިންކޮށް އަދި ކަސްޓަމާ ފްރަންޓް އޮފީހަށް ގޮސްގެންވެސް ފައިސާ ދެއްކެއެވެ. މީގެ އިތުރުން ވެމްކޯ އިންް މިއަދު ވަނީ ތާޑް ޕާޓީ މެދުވެރިކޮށް ބިލަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ.

އެގޮތުން މާލޭގެ ފަސް ސަރަހައްދަކުން ވެމްކޯގެ ބިލަށް ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ވެމްކޯގެ ބިލަށް ފައިސާ ބަލައިގަންނަ ތަންތަނަކީ އެލް މޮބައިލް 1، ޔޫ ފޯން، ސްމާޓް މޮބައިލް އަދި މޮބައިލް ވޯލްޑާއި މެޖެސްޓިކް މޮބައިލްސް އެވެ.

ވެމްކޯ އިން މިހާރު އަންނަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައިވެސް ކުނި އުކައިލުމުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.