ޕްރެމިއާ ލީގުގައި ރޭ ލިވަޕޫލްއާއި ބައްދަލުކޮށް ލިބުނު ނާކާމިޔާބީއާއެކު ވެސް އާސެނަލްގެ ކޯޗްކަމުން ވަކި ނުވާނެކަމަށް އާސެން ވެންގާ ބުނެފ ިއެވެ. ޕްރެމިއާ ލީގުގައި އާސެނަލްއިން މިހާތަނަށް ކުޅުނު ދެ މެޗުންވެސް ރަތްކާޑެއް ފެނިފައި ވެއެވެ.

"ކްލަބު ދޫކޮށް ވަކިވާނެ އެއްވެސް ފުރުސަތެއް ނެތް. އަދި ޕްރެމިއާ ލީގުގެ ކުޅުން މި ފެށުނީ. އަހަރެން މިހިރީ ޕްރެޝަރުކު ވެސް ނޫން. އަންނަ ހަފްތާ އަހަރެމެންނަށް ވަރަށް މުހިންމުވާނެ." ވެންގާ ބުންޏެވެ.

އާސެނަލް ކެޕްޓަން ސެސް ފެބްރިގާސް ޓީމު ދޫކޮށް ބާސެލޯނާއަށް ގުޅިފައިވާއިރު، މިހާތަނަށް އެކުލަބާއި ހަމައެކަނި ގުޅިފައިވަނީ އައިވަރީ ކޯސްޓް ފޯވާޑް ޖާވިނިއޯއެވެ. ޕްރެމިއާ ލީގުގެ ފުރަތަމަ މެޗުގައި ޖާވިނިއޯއަށް ލިބުނު ރަތްކާޑުގެ ސަބަބުން އޭނާއަށް ލިވަޕޫލްއާއި ބައްދަލުކުރި މެޗްގައި ހުންނަން ޖެހުނީ ސަސްޕެންޝަނުގައެވެ.

އާސެނަލްގައި ތިބި ސީނިއާ ކުޅުންތެރިންގެ އަނިޔާ އާއި ޖާވީނިއޯގެ ސަސްޕެންޝަންގެ ސަބަބުން ލިވަޕޫލް މެޗަށް ނެރުނު ސްކޮޑުގައި ތަޖުރިބާ މަދު ކުޅުންތެރިން ހިމަނާފައިވެއެވެ. އެގޮތުން ކާލް ޖެންކިންސަން، އިގްނާސީ މިގުއެލް އަދި އެމަނުއެލް ފްރިމްޕޮންގް ފަދަ ތަޖުރިބާ މަދު ކުޅުންތެރިން ހިމަނާފައިވާއިރު، ފްރިމްޕޮންގްއަށް ވަނީ ރަތްކާޑެއްވެސް ލިބިގެންފަ އެވެ.

މިމަހު 31 ގައި ޓްރާންސްފާ މާކެޓުގެ ދޮރު ބަންދުވާއިރު، އާސެނަލްއިން ޕްރެމިއާ ލީގުގައި ވަރުގަދަ ޓީމެއްގެ ގޮތުގައި ދެމި އޮތުމަށް ފެބްރިގާސް ކުޅުން މަގާމް ފޫބެއްދޭނެ ފަދަ ކުޅުންތެރިން ހޯދުމަށް ވެންގާއަށް ވަނީ މަޖުބޫރުވެފ ައެވެ.
މެންސިޓީއިން ހޯދުމަށް މަސައްކަތްކުރާ އާސެނަލްގެ ފްރާންސް ތަރި ނަސްރީއަށް ހުށަހެޅި ހުށަހެޅުން ބާތިލުވެފައިވާކަމަށް ރިޕޯޓްތަކުން މި ބަންދުތެރޭގައި ދެކެވުނުއިރު، ވެންގާ ވަނީ މިކަމަށް އިތުރު ޔަގީންކަމަށް ދީފައެވެ. "އާސެނަލުގައި ނަސްރީ ހުރީ އުފަލާއެކު. މިވަގުތު ޓީމާއެކު އޭނާ މަޑުކުރާނެ. ކުލަބު ދޫކޮށް ނަސްރީ ދިއުމަކީ ވަރަށް ދުރު ކަމެއް." ވެންގާ ބުންޏެވެ.

ނަވާރަސަތޭކަ ނުވަދިހަ ހަވަނަ އަހަރު އާސެނަލްގެ ކޯޗްކަމާއި ހަވާލުވި އާސެން ވެންގާ ކުލަބާއި ހަވާލުވިފަހުން ޕްރެމިއާ ލީގުގެ ހަފަހަރު ކާމިޔާބުކޮށްދީ، އެފްއޭ ކަޕުގެ ތިނ ްތަށީގެ އިތުރުން އިނގިރޭސި ކޮމިއުނިޓީ ޝީލްޑް ތިންފަހަރެއްގެ މަތިން ކާމިޔާބުކޮށްފައި ވެއެވެ.