ފިލްމު ބަލާ މީހުންގެ މެދުގައި އެންމެ މަގުބޫލު އެއް ޖޯންރާ އަކީ ސުޕަހީރޯ އެވެ. ހާއްސަކޮށް ޒުވާން ފިރިހެނުންނެވެ. ޒަމާނުއްސުރެ މަގުބޫލު ކޮމިކްތަކާއި ވާހަކަތަކުގެ މައްޗަށް ފިލްމު އުފައްދައިގެން ސްކްރީނާއި ހަމައަށް ގެނައުމަކީ މިހާރު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ވެސް އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތަކެވެ.

މި އަހަރުގެ ތެރޭގައި ނިކުންނާނެ ސުޕަހީރޯ ފިލްމުތަކަށް ބަލާއިރު އެންމެ އަވަހަށް ދެން ނިކުންނާނީ މެއި މަހު ރިލީޒްކުރާއެވެންޖާސް: އިންފިނިޓީ ވާ އެވެ.ޑެޑްޕޫލްވެސް ތާވަލް ކޮށްފައި ވަނީ މެއި މަހަށެވެ. އެއީ މެއި 18 ވަނަ ދުވަހެވެ.

އެންޓް މޭން އެންޑް ދަ ވެސްޕް އަކީ ވެސް މާވެލް ސްޓޫޑިއޯގެ ފިލްމެކެވެ. އެންޓް މޭން ސީރީޒްގެ މި ފިލްމު ނެރޭނީ މި އަހަރުގެ ޖުލައި މަހުގެ 6 ވަނަ ދުވަހު އެވެ.ވެނޮމް އަކީ ވެސް މާވެލްގެ ފިލްމެކެވެ. އެ ފިލްމު ތާވަލުކޮށްފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހަށެވެ.

އެކްސް މެން- ޑާކް ފޯނިކްސްއަކީ އެކްސްމެން އެޕޮކެލިޕްސްގެ ސީކުއެކްއެކެވެ. މި ިފލްމު ރިލީޒްކުރާނީ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހު އެވެ.

ސޮނީގެ އެނިމޭޓެޑް ފިލްމުސްޕައިޑާ މޭން: އިންޓު ދަ ސްޕައިޑާ ވާސްރިލީޒްކުރަން ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. މި އަހަރުގެ އެންމެ ފަހު ސުޕަ ހީރޯ ފިލްމަކީ ޑިސެމްބަރު 21 ގައި ނެރޭއެކުއާމޭންއެވެ.