23 Feb 2018, 15:03
ބޮލީވުޑްގެ ބަތަލް އިމްރާން ހާޝްމީ އާއި ކުރީގެ މަޝްހޫރު ތަރި ރިޝީ ކަޕޫރު އެއް ފިލްމަކުން ފެންނަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޖީތު ޖޯސެފް ޑައިރެކްޓް ކުރާ އެ ފިލްމު ޕްރޮޑިއުސް ކުރަނީ ސުނިރް ކެރަޕަލް އެވެ.
ފިލްމަށް ކިޔާ ނަން އަދި ހަމަޖައްސައިފައި ނުވެއެވެ. މި ފިލްމަކީ ކްރައިމް ތްރިލާ ފިލްމެއް ކަމަށް ވެއެވެ.
ފިލްމުގެ މަންޒަރުތައް ޝޫޓް ކުރާނީ މާޗް އާއި ޖުލައި މަހާ ދެމެދުގައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ފިލްމަކީ ރިޝީ ކަޕޫރު އަދި އިމްރާން ހާޝްމީ އެއްކޮށް ފެނިގެންދާ ފުރަތަމަ ފިލްމުވެސް މެއެވެ.
ރިޝީ އަކީ ބޮލީވުޑްގެ އެންމެ ދުވަސްވީ ތަރިންގެ ތެރޭ ހިމެނޭ އެއް ފަންނާނެވެ. އޭނާ އަކީ އެކްޓަރު، ޕްރޮޑިއުސަރެއްގެ އިތުރުން ކާމިޔާބު ޑައިރެކްޓަރެއް ވެސް މެއެވެ.
އިމްރާން ވަނީ ކާމިޔާބު ފިލްމު ތަކަކުން ފެނިގެން ގޮސްފައެވެ. އޭގެ ތެރޭގައި ރާޒް ރީބޫޓް، ހަމާރީ އަދޫރީ ކަހާނީ ހިމެނެއެވެ.