20 Feb 2018, 09:45
ކާމިޔާބު ޑައިރެކްޓަރު ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ "ރަންބޫމީ"ގެ ފިރިހެން ލީޑް ތަރިއަކަށް ވަރުން ދަވަން ހަމަޖައްސައިފި އެވެ.
ވަރުން އަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އެއް ބަތަލު ވެސްމެ އެވެ.
ޝަޝާންކް ކައިތަންގެ ވާހަކަ އަކަށް އުފައްދާ އެ ފިލްމަކީ ލޯބީގައި ބަދަލު ހިފުމުގެ މަންޒަރުތައް ދައްކުވައިދޭ ފިިލްމެކެވެ. ޝަޝާންކް ބުނީ ފިލްމުގެ ސްކްރިޕްޓް ލިޔަމުން ދިޔަ އިރު ވެސް ހިތުގައި އޮތީ ވަރުންގެ ނަން ކަމަށާއި ވަރުން އަކީ މިވަގުތު ބޮލީވުޑްގެ އެންމެ ރަނގަޅަށް މަސައްކަތް ކުރާ އެއް ބަތަލު ކަމަށެވެ.
ޝަޝާންކް މިހާރު ކުރަމުން އަންނަނީ ފިލްމު "ދަޅަކް"ގެ މަސައްކަތެވެ. އެ މަސައްކަތް ނިންމާލުމަށް ފަހު ރަންބޫމީގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ބުންޏެވެ.
So proud to announce#RANNBHOOMI...@ShashankKhaitanand@Varun_dvntake a giant leap in their third offering together! A solid spectacle with a beating heart!!! DIWALI 2020 release! Remaining lead cast to be announced soon!@DharmaMovies@apoorvamehta18pic.twitter.com/eiDBn9GUbc
— Karan Johar (@karanjohar)February 19, 2018
ވަރުން ބުނީ ޝަޝާންކް އާ އެކީ މަސައްކަތް ކުރުމަކީ ލިބޭ ފަހުރެއް ކަމަށާއި ޝަޝާންކް އަދި ކަރަން އާ އެއްކޮށް މަސައްކަތް ކުރުމުން ހިތްހަމަ ޖެހުން ލިބޭ ކަމަށެވެ.
"ވަރަށް އުންމީދު ކުރެވޭ އެބަ މި ފިލްމަށް. ވަރަށް ރީތި ވާނެ މި ފިލްމު. މިއީ ލޯބީގެ ބަދަލު ހިފާ ފިލްމެއް،" ވަރުން ބުންޏެވެ.
ރަންބޫމީ ރިލީޒްކުރަން ހަމަޖެހިފައި ވަނީ 2020 ވަނަ އަހަރުގެ ދިވާލީ އާ ދިމާކޮށްފަ އެވެ.
މައުލޫމާތު: ނިއުސް 18