19 Feb 2018, 10:37
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޚާއްސަ ޖަލްސާ މިއަދު ބާއްވަން ހަމަޖެހިފައިވާ އިރު، މަޖިލީހުގެ އިދާރާ ހިމެނޭ ހުރިހާ މަގެއް ބަންދުކޮށް ސެކިއުރިޓީ ވަރުގަދަ ކޮށްފިއެވެ.
މީޑިއާ ތަކަށްވެސް ނުވަދެވޭ ގޮތަށް މަގުތަށް ބަންދުކޮށްފައިވާއިރު މަޖިލީހުގެ ބޭރުގައި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ދަނީ ހަރަލާތްތެރި ވަމުންނެވެ.
ބައެއް މީޑިއާތަކުގެ ނޫސްވެރިން އެ ސަރަހައްދުގެ ރެސްޓޯރެންޓުތަކުގައި ތިއްބައި ފުލުހުން އެތަނުން ފައިބަން އަންގާފައިވާކަމަށް އެސަރަހައްދުގައު ހުރި "ސަން" ގެ ނޫސްވެރިޔަކު ބުންޏެވެ.
މިއަދު މަޖިލީހުގެ ޖަލްސާ ފަށަން ހަމަޖެހިފައިވަނީ 11:00 ޖަހާއިރުއެވެ. މަޖިލީހުގެ ބައެއް މެމްބަރުން މިހާރުވެސް މަޖިލީހުގެ އިދާރާއަށް ވަނީ ހާޒިރުވެފައެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީން އިއުލާނުކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހަށް ހުށަހެޅުމަށެވެ.