Back
Nov 23, 2025 SUN
SUN

މޯލްޑިވްސް ލިވިންގް އެކްސްޕޯ އޮންނާނީ މާޗު އަށަކުން 10 އަށް

މޯލްޑިވްސް ލިވިންގް އެކްސްޕޯ އޮންނާނީ މާޗު އަށަކުން 10 އަށް
Lead photo

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން ި ހަވަނަ މޯލްޑިވްސް ލިވިންގް އެކްސްޕޯ ބާއްވާ އާ ތާރީޚު، އެ އެކްސްޕޯ ބާއްވާ ހައިރައިޒުން އިއުލާން ކޮށްފި އެވެ.

ލިވިންގް އެކްސްޕޯ ބޭއްވުމަށް ފުރަތަމަ ނިންމާފައި އޮތީ ފެބްރުއަރީ 15 އިން 17 އަށް، ނޭޝަނަލް އާޓް ގެލެރީގަ އެވެ.

އެހެން ނަމަވެސް ކުއްލި ހާލަތު އިއުލާނުކުރުމާ ގުޅިގެން ހައިރައިޒުން ވަނީ އެ މައުރަޒު ބޭއްވުން ފަސްކޮށްފަ އެވެ.

ހައިރައިޒުން މިއަދު ބުނި ގޮތުގައި، ލިވިންގް އެކްސްޕޯ ބޭއްވުމަށް މިހާރު ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ އަށެއް، ނުވައެއް އަދި 10 ގަ އެވެ.

އެކްސްޕޯ ކުރިޔަށްދާ ގަޑިތައް:

  • މާޗް 8 (ބުރާސްފަތި): މެންދުރުފަރު 2:00 އިން އިރުއޮއްސި 6:00 އަށް، އަދި ރޭގަނޑު 8:00 އިން 11:00 އަށް.

  • މާޗް 9 (ހުކުރު): ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް، އަދި ރޭގަނޑު 8:00 އިން 11:00 އަށް.
  • މާޗް 10 (ހޮނިހިރު): މެންދުރުފަރު 2:00 އިން އިރުއޮއްސި 6:00 އަށް، އަދި ރޭގަނޑު 8:00 އިން 11:00 އަށް.

މި އަހަރުގެ ލިވިންގް އެކްސްޕޯގެ މެއިން ސްޕޮންސަރަކީ ސްރީލަންކާގެ މިކްސްޑް ޑިވެލޮޕްމެންޓް ޕްރޮޕަޓީ "ކޮލޮމްބޯ ސިޓީ ސެންޓަރ"އެވެ. ކޯ ސްޕޮންސަރުންނަކީ މާލޭ ރަސްފަންނުގައި ތަރައްގީކުރާ ކޮރަލް ބޮލެވާޑާއި ސްރީލަންކާގައި ތަރައްގީކުރާ ލަގްޒަރީ އެޕާޓްމެންޓް ޕްރޮޕަޓީ "އަލްޓެއާ"އެވެ.

މި މައުރަޒުގައި ރައްޖެއާއި ރާއްޖެއިން ބޭރުން 28 އަށް ވުރެ ގިނަ ކުންފުނިން، އެފަރާތްތަކުގެ ޕްރޮޕަޓީތަކުގެ މައުލޫމާތު ދިނުމަށް ބައިވެރިވާނެ އެވެ.

ހަ ވަނަ މޯލްޑިވްސް ލިވިންގް އެކްސްޕޯވެސް ބާއްވާނީ، އެތަނަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ޚާއްސަ އިނާމުތަކެއް ވެސް ލިބޭ ގޮތަކަށެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics