18 Feb 2018, 12:47
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވެހިކަލެއް މިއަދު ހެނދުނު ކްރިމިނަލް ކޯޓުގެ ފާރުގައި ޖެހި އެކްސިޑެންޓް އެއް ވެއްޖެއެވެ.
އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 11:00 ހާއިރުއެވެ.
މަންޒަރު ދުށް ބައެއް މީހުން "ސަން"އަށް ކިޔައިދިން ގޮތުގައި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ބަޔަކު މިއަދު އޮތް ޝަރީއަތުގެ އަޑުއެހުންތަކަށް ގޮވައިގެން އައި އެ ވެހިކަލް ކްރިމިނަލް ކޯޓުގެ ފާރު ވަށައިގެން ޖަހާފައި ހުރި ދަގަނޑު ފެންސަށް އެރީ ކޮންޓްރޯލް ނުގެންނެވެ.
ބައެއް މީހުން ބުނެފައި ވަނީ އެކްސްސިޑެންޓްވިއިރު ވެހިކަލް ދުއްވަން އިން ޑްރައިވަރަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި އޭނާ ހޭނެތިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމީހުން ވަނީ ކިޔައިދީފައެވެ.
މިކަމާ ގުޅިގެން ކަރެކްޝަންސްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.