މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުގެ ރޭ އައްޑޫ ސިޓީގެ ދެ ގެއެއްގައި އަލިފާން ރޯކޮށްލި މައްސަލައާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިތަދޫ ވައިޓްވިލާ އާއި ދޮންލަފަރުގޭގައި ރޯކޮށްލި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން 18 އަހަރުން ދަށުގެ ދެ ކުދިންގެ ބަންދަށް ހަތް ދުވަސް ކޯޓުން އިތުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ބާކީ ތިބި ހަތަރު މީހުންގެ ބަންދަށް އިތުރުކުރީ 15 ދުވަހެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ރޯކޮށްލާފައި ވަނީ ވައިޓްވިލާ ގޭގެ ފެންޑާއެއްގައެވެ. ދޮންލަފަރުގޭގެގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން އެގޭގެ ދެ ކޮޓަރިއަކަށް ވަނީ ގެއްލުން ވެފައެވެ. އޭގެ ތެރެއިން އެއް ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.

އަލިފާނުގެ އަސަރުކުރި ދެވަނަ ކޮޓަރީގައި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ވަނީ ގެއްލުންވެފައެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައެއްނުވެއެވެ.