އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ ބަޔޮގްރެފިކަލް ކޮމެޑީ ފިލްމު "ޕެޑްމޭން" އަށް ހަފްތާއެއް ތެރޭ 64 މިލިއަން ރުޕީސް ލިބިއްޖެ އެވެ.

ފުރަތަމަ ހަފްތާ ތެރޭ ޕެޑްމޭން އަށް ލިބުނީ ރަނގަޅު ކާމިޔާބީ އެކެވެ.
ސޯނަމް ކަޕޫރު އަންހެން ލީޑްގެ ގޮތުގައި ފެނިގެންދާއިރު ފިލްމުގެ ޓީމުން ބުނަނީ ފިލްމުގެ އާމްދަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅުވާނެ ކަމަށެވެ.

ޕެޑްމޭން އަކީ ޓްވިންކަލް ކަންނާގެ ވާހަކަ، "ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަސާދް" އަސްލަކަށް ބަލައިގެން އަރޫނާޗަލަމް މުރުގަނަންތަމްގެ ދިރިއުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އަރޫނާ އަކީ ޓެމިލް ނާޑޫގެ ސޯޝަލް އެކްޓިވިސްޓެކެވެ.

މިއީ މައްސަރު ދުވަސްވަރު އަންހެނުން އެމީހުންގެ ސާފުތާހިރު ކަމަށް ސަމާލުކަންދޭން ޖެހޭ ކަން އަންގައިދޭ ފިލްމެކެވެ. މި ފިލްމުގައި ދައްކައިދެނީ ހެޔޮ އަގުގައި އެންމެންނަށް ވެސް ގަނެވޭ ފަދަ ސެނިޓަރީ ނެޕްކިންސް ލިބެން ހުރުމުގެ މުހިއްމު ކަމެވެ.

ފިލްމުން ސޯނަމް ކަޕޫރު އަދި ރާދިކާ އާޕްޓޭ ވެސް ފިލްމުން ފެނިގެންދެ އެވެ.

މައުލޫމާތު: އެންޓަޓެއިންމަންޓް ޓައިމްސް