ރާއްޖޭގައި ފުރަތަމަ ބީޗް ނެޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ސެމީފައިނަލް ދެ މެޗް ކާމިޔާބު ކޮށްގެން އިމިގްރޭޝަނާއި ފިއޮންޓީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯ ކޯޓްގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗްގައި ނިއު ވެލޯޒިޔާއާ ދެކޮޅަށް ކުޅެ، އިމިގްރޭޝަން ފައިނަލަށް ދަތުރު ކުރީ، 13 ޕޮއިންޓް 20 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗަކަށް ހޮވުނީ އިމިގްރޭޝަނުގެ އައިމިނަތު ހަލީމް )ދިލް( އެވެ.

ފިއޮންޓީ ފައިނަލަށް ދިޔައީ ސެމީގެ ދެ ވަނަ މެޗުގައި ރޭ ޓެކިއުރޯސް ސީނިއާސްއާ ވާދަކޮށް 16 ޕޮއިންޓް 29 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެން ނެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ފިއޮންޓީގެ އައިޝަތު ނާޒިމާ އެވެ.

މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މި ރޭ 10:00 ގަ އެވެ.