17 Feb 2018, 12:59
މިއަދާ މާދަމާވެސް ދެކުުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
ވިއްސާރަވުމުގެ ސަބަބުން ދެކުނު އަތޮޅުގެ ބައެއް ރަށްރަށުގައި ވަނީ ފެންބޮޑު ވެފައެވެ.
މެޓް އޮފީހުން މިއަދު ބުނީ ކުރިއަށް ދެ ދުވަހުވެސް ދެކުނު އަތޮޅުތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި މެދު ރާއްޖެތެރެއަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ވައި މަޑުވެފައި މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މިއަދަށް ލަފާ ކުރާ މޫސުން
- ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ
- މެދުތެރެއަށް ކެރީގެ އަސަރު ފޯރިނަމަވެސް އެހެން ސަރަހައްދު ތަކަށް މޫސުން ރަނގަޅުވާނެ
- މެދު ތެރެއަށް،އުުތުރާއި އިރުއުތުރުން ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ
- އެހެން ހިސާބުތަކަށް އުުތުރާއި އިރުއުތުރުން ގަޑިއަކު 03 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
- ވިލާގަޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ
މެޓް އޮފީހުން ބުނީ މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.