މަޝްހޫރު ޓީވީ ސީރީޒް "ފްރެންޑްސް" ގައި މުހިއްމު ރޯލެއް އަދާކުރި ޖެނިފާ އެނިސްޓަން (ރޭޗަލް) ގެ ކައިވެނި ރޫޅިއްޖެ ކަމަށް އޭނާ ރަސްމީކޮށް އިއުލާން ކޮށްފިއެވެ.

އެކްޓަރު ޖަސްޓިން ތެރަކްސް އާއި ޖެނިފާގެ ކައިވެނި، ތިން އަހަރަށް ފަހު ރޫޅިފައިވާއިރު އޭނާ ވަނީ މީގެ ކުރިން ހޮލީވުޑްގެ ތަރި ބްރެޑް ޕިޓާ ވެސް ކައިވެނިކޮށްފައެވެ.

ދެ ކައިވެންޏަށް ވެސް ޖެނިފާއަށް ދަރިއަކު ލިބިފައެއް ނުވެއެވެ.

ދެ މީހުން ވަކި ވުމަށްފަހު ނެރުނު ބަޔާނުގައި ބުނީ ދެ މީހުންވެސް ވަކިވި ސަބަބެއް ހާމަކުރެވެން ނެތް ކަމަށާއި އަބަދުވެސް ދެ މީހުން ރަހުމަތްތެރިންގެ ގޮތުގައި ތިބޭނެކަމަށެވެ. ހަގީގަތް ނޭނގޭ ވާހަކަ ނުފެތުރުމަށާއި އެ މީހުންގެ ޒާތީ މައްސަލަތަކަށް ނުވަނުމަށް ވެސް އެ ދެތަރިން އެކުވެގެން ނެރުނު ބަޔާނުގައި ވެއެވެ.

ކައިވެނި ރޫޅާލަން ނިންމި ނިންމުމަކީ ދެ މީހުން ގުޅިގެން ނިންމި ނިންމުމެއް ކަމަށާއި ކައިވެންޏަށް ނިމުން ގެންނަށް ނިންމީ މިދިޔަ އަހަރު ފަހު ކޮޅުގައި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މައުލޫމާތު: ސީއެންއެން