މަޝްހޫރު ލޯބީގެ ވާހަކަ ލައިލާ މަޖްނޫގެ ފިލްމެއް އަލުން އުފައްދަން އުޅޭ ކަމަށް ޕްރޮޑިއުސަރު އެކްތާ ކަޕޫރު ބުނެފިއެވެ.

ލައިލާ މަޖްނޫ ފިލްމު އުފައްދަން އުޅޭކަމަށް އެކްތާގެ ޓްވިޓާގައި ވަނީ އާންމުކޮށްފައެވެ. ޑައިރެކްޓަރު އިމްތިޔާޒު އަލީ އާއި އެކްތާ ގުޅިގެން އުފައްދާނެ ކަމަށް ބުނިއިރު ބެލުންތެރިން އަންނަނީ ފިލްމާ މެދު ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

"އަބަދުވެސް އެންމެން ވެސް ލޯބީގެ މިސާލަކަށް ވިއްޔާ ނަގާނެ މި ކަހަލަ ވާހަކަ ތައް. ލައިލާ މަޖުނޫ، ރޯމިޔޯ ޖޫލިއަޓް ފަދަ ވާހަކަތައް. މި ކަހަލަ ލޯބީގެ ވާހަކަތަކަކީ މަރުވާނެ ވާހަކަތަކެއް ނޫން. އަބަދުވެސް ކޮންމެ ޖެނެރޭޝަން އަކު ވެސް އޭގެ ވާހަކަތައް ދައްކާނެ،" އެކްތާ ބުންޏެވެ.

ފިލްމު ޑައިރެކްޓްކުރަނީ ސާޖިދު އަލީ އެވެ. ފިލްމުގެ ތަރިން އަދި ހާމަކޮށްފައި އަދި ނުވެއެވެ. ފިލްމު ރިލީޒްކުރަނީ އަންނަ މެއި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.