17 Feb 2018, 09:06
އިނގިރޭސި ފޯވަޑް ޖޭމީ ވާޑީގެ ގޯލާއެކު ލެސްޓާއިން އެފްއޭ ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭ ކުޅުނު އެފްއޭ ކަޕު ފަސްވަނަ ބުރު މެޗުގައި ލެސްޓާއިން ދެވަނަ ޑިވިޝަންގެ ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗަށް ނުކުތްއިރު މީޑިއާގައި އެންމެ އަޑުބާރުކޮށް ދެކެވުނީ މިޑްފީލްޑަރު ރިޔާދު މަހަރޭޒްގެ ވާހަކައެވެ. ނިމިދިޔަ ފިނި މޫސުމުގެ ޓްރާންސްފާގައި ލެސްޓާ ދޫކޮށް މެންޗެސްޓާ ސިޓީއަށް ދިއުމަށް މަހަރޭޒް އެތަކެއް ފަހަރަކު އެދުނު ނަމަވެސް އޭނާގެ ޓްރާންސްފާ ފުރިހަމަ ކުރެވޭގޮތް ވަނީ ނުވެފައެވެ. އެ މައްސަލަ ގަނޑަށްފަހު ޖެހިގެންއައި 10 ވަރަކަށް ދުވަހު މަހަރޭޒް ފަރިތަކުރުންތަކުގައި ބައިވެރިވެފައެއް ނުވެއެވެ.

ލެސްޓާގ ފަރިތަކުރުންތަކުން ގެއްލުނު މަހަރޭޒް ރޭގެ މެޗުގައި ފެނިފައިވޭ --- ފޮޓޯ/ އޭޕީ
ރޭގެ މެޗުގައި މަހަރޭޒް ކުޅެފައިވާއިރު، މެޗުގެ 66 ވަނަ މިނެޓުގައި ލެސްޓާއިން ޖެހި ގޯލްގައި އޭނާގެ ޒިންމާ ބޮޑެވެ.
ޝެފީލްޑް ޔުނައިޓެޑްގެ އޭރިއާގެ އަރިމަތިން މަހަރޭޒް ހުރަސްކޮށްލި ބޯޅަ، ވާޑީ ގޯލަށް ފޮނުވާލީ ބޮލުންނެވެ. ލެސްޓާއިން އަމިއްލަ ދަނޑުގައި އެންމެފަހުން ކުޅުނު ހަތް މެޗުގައިވެސް ބަލިވެފައެއް ނުވެއެވެ.
ރޭގެ މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު ލެސްޓާއަށްވަނީ ގޯލް ޖަހާނެ އިތުރު ފުރުސަތުތައްވެސް ލިބިފައެވެ. އަދި ޝެފީލްޑް ޔުނައިޓެޑުން އުފެއްދި

ލެސްޓާއާއި ޝެފިލްޑް ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީދެ ހަމަލާއެއްގައި ލެސްޓާ ކީޕަރު ކެސްޕާ ޝޫމައިކަލްގެ ހުނަރުވެރިކަންވެސް މެޗުގައި ފާހަގަކޮށްލެވުނެވެ.