ކ. ހުދުރަންފުށި [ކުރީގެ ޅޮހިފުށި[ ރިސޯޓުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ކެއުމަށް ނުކުތް ގޮތަށް ގެއްލުނު ޖަޕާނުގެ ދެމަފިރިންގެ ތެރެއިން އަންހެން މީހާ މަރުވެގެން ގޮނޑުދޮށަށް ލައްގާފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެ ރަށު ގޮނޑުދޮށުގައި މަރުވެފައި އޮތް އަންހެނަކު ފެނިފައިވާ ކަމަށާއި އެކަން އިތުރަށް ބަލަމުން އަންނާތީ އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ. ނަމަވެސް އެއީ އެ ރަށުން ގެއްލުނު މީހެއް ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ކަށަވަރެއް ކޮށެއްނުދެ އެވެ.

ހުދުރަންފުށިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ގެއްލިގެން ހޯދާ ޖަޕާނުގެ ދެމަފިރިންގެ ތެރެއިން 29 އަހަރުގެ އަންހެން މީހާ ފެނިފައި ވަނީ އެމީހުން ދިރިއުޅުނު ވޯޓާ ބަންގްލޯތަކާ ދިމާ ގޮނޑުދޮށުން ކަމަށެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އެ އަންހެން މީހާގެ ހަށިގަނޑުން ކޮންމެވެސް ވަރަކަށް އަނިޔާގެ ނިޝާންތަކެއް ފެންނަން ހުއްޓެވެ.

ރޭގަނޑުގެ ކެއުމަށް ނުކުތް ހަނިމޫންކަޕްލްގެ ހަބަރެއް ނުވެގެން މުޅި ރިސޯޓު ތެރެ ވަނީ ބަލައިފަ އެވެ. އަދި އެ ރިސޯޓުގެ ބޭރުން 100 ނޯޓިކަލް މޭލުގެ ސަރަހައްދެއް ކޯސްޓްގާޑުން ވަނީ ބަލައިފަ އެވެ.
އޭނާގެ ފިރިމީހާ އަދި ވެސް ނުފުނެ އެވެ.