16 Feb 2018, 11:13
މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާގެ މައްސަލައެއް އިންޑެޕެންޑެންޓް ސްޓޫޑެންޓް ފެޑެރޭޝަންގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފިއެވެ.
ފެޑަރޭޝަނުން ބުނީ ކަޕިލް، ޓްރެފިކްގައި ގަވާއިދާ ހިލާފުވި ކަމަށާއި އޭނާގެ ސައިކަލު ދުއްވީ ވެސް ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި ސައިކަލު ދުއްވީ ހެލްމެޓް ވެސް ނާޅާ ކަމަށް ފެޑަރޭޝަން އާ ހަވާލާދީ ރިޕޯޓް ތައް ބުނެއެވެ.
މަޝްހޫރު މީހުންނެއް ކަމަކު ގަވާއިދާ އެއްގޮތަށް އަމަލު ނުކުރުމުން ދޫކޮށްލެވެން މިހާރު ނެތް ކަމަށާއި ކަޕިލް އަށް ހައްގު އަދަބު ދޭން އެ ފެޑަރޭޝަން އިން ވަނީ ފުލުހުންނަށް ގޮވާލާފައިއެވެ.
ފުލުހުންނާ ހަވާލާދީ ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުގައި އެ ފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށާއި ތަހުގީގު ކުރުމަށްފަހު ކަޕިލްއަށް ހައްގު އަދަބު ދޭނެ ކަމަށެވެ.
"ދަ ކަޕިލް ޝަރްމާ ޝޯ" ނިންމާލުމަށްފަހު އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ އާ ޝޯއެއް ގެނައުމަށް ތައްޔާރުވެފައެވެ.
ކަޕިލް ބުނާ ގޮތުގައި "ދަ ކަޕިލް ޝަރްމާ ޝޯ" ނިންމާލަން ޖެހުނު ނަމަވެސް މި ފަހަރުގެ ޝޯ، ކުރީ ޝޯއާ އަޅާ ބަލާއިރު އެތައް ހާސްބައި ރަނގަޅުވާނެކަމަށެވެ.