16 Feb 2018, 11:33
ސޯޝަލް މީޑިއާގެ ރަސްގެފާނު ފޭސްބުކުން ހާޑްވެއާގެ ބާޒާރަށް ނިކުންނަން ކުރާ މަސައްކަތުގެ ދަށުން އަޅާ ފުރަތަމަ ފިޔަވަޅާއެކު އަންނަ ޖުލައިމަހު ސްމާޓް ސްޕީކަރު ބާޒާރަށް ނެރޭނެކަމަށް ހަބަރުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާގޮތުން ފޭސްބުކްގެ ފިއޯނާ އަދި އަލޯހާ އަކީ ވީޑިއޯ ޗެޓު ކުރަން ބޭނުންކުރާނެ ދެ ޑިވަސްއެވެ. ޖުލައި މަހުން ފެށިގެން މި ދެ ޑިވއިަސް އަށް އޯޑަރު ދެވޭނެއެވެ.
މި ސްޕީކަރުގައި 15 އިންޗީގެ ޓަޗް ސްކްރީނެއް ހިމެނޭނެއެވެ. ވޮއިސް ކޮންޓްރޯލް އަދި ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީވެސް މި ޑިވައިސްގައި ހިމެނޭނެއެވެ.
މި ޑިވައިސް ބޭނުންކުރެވޭނީ ހަމައެކަނި ވީޑިއޯ ޗެޓަކަށް ނޫނެވެ. ލަވަ ޖަހާންވެސް ބޭނުންކުރެވޭނެއެވެ. އެކަމަށްޓަކައި ސޮނީ އަދި ޔުނިވާސަލް އާއެކު ފޭސްބުކް އިންވަނީ އެއްބަސްވުމެއް ގާއިމްކޮށްފައެވެ.
ފޭސްބުކްގެ ސްޕީކަރާ ވާދަކުރަން އެމޭޒަން، އެޕަލް އަދި ގޫގުލްގެ ސްމާޓް ސްޕީކަރުތައް ތިބީ ތައްޔާރަށެވެ.