15 Feb 2018, 13:15
އެލައޑް އިންޝިއަރެންސާއި އަޔާދީ ތަކާފުލްގެ ތިން ޕްރޮޑަކްޓެއް ހިމެނޭ ގޮތަށްއެލައިޑްގެ ގިފްޓް ވައުޗަރުގެ ހިދުމަތް ދޭން ފަށައިފިއެވެ.
އެލައިޑްގެ ގިފްޓް ވައުޗަރުގެ ހިދުމަތް އިފްތިތާހް ކޮށްފައިވަނި ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެ ކުންފުންޏަށް 33 އަހަރު ފުރުމުގެ މުނާސަބާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެލައިޑް އިންޝުއަރަންސްގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައޮ ބޭއްވި އެލައިޑް ސްޕެޝަލް އިވެންޓުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެލައިޑް ގިފްޓް ވައުޗާގެ ހިދުމަތް އަދި ލިބެމުންދާނީ އެލައިޑްގެ އިންޝުއަރެންސްގެ މޮޓޯ އިންޝުއަރަންސާއި، އަޔާދީ ތަކާފުލްގެ ހައްޖު އަދި އުމްރާ ތަކާފުލް، މޮޓޯ ތާޑް ޕާޓީ އިންޝުއަރެންސް އަދި ތަކާފުލްގެ އިތުރުން ހޯމް ކޮންޓެންޓްސް ތަކާފުލްއެވެ.
މިއަދު އެލައިޑް އިންޝުއަރެންސްގެ އޮފީސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެލައިޑް އަޔާދީ ތަކާފުލްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ، އިންޝުއަރެންސް ވައުޗަރުގެ ހިދުމަތް ފެށީ ވީހާވެސް ފުޅާކޮށް އާންމުން ބޭނުންކުރާ އެއްޗަކަށް އިންޝުއަރެންސް ހެދުމަށްޓަކައި ކަމަށެވެ. އަދި އެލައިޑްގެ ގިފްޓް ވައުޗަރުގެ ބޭނުންކޮށް، އޮންލައިން ޕްލެޓް ފޯމެއްފައި ފައިސާގެ މުއާމަލާތެއް ނުކޮށް އިންޝުއަރެންސް ޕޮލިސީ ފަސޭހަ ކަމާއެކުގައި ނެގިގެން ދާނެ ކަމަށެވެ.
"ބައެއް ބޭފުޅުން އަދިވެސް ވަރަށް ޖެހިލުންވޭ އޮންލައިންކޮށް ފައިސާގެ މުއާމަލާތް ކުރަން. އެފަދަ ބޭފުޅުންނަށްވެސް ވަރަށް ފަސޭހައިން އެލައިޑްގެ ވައުޗާ ގަނެގެން އޮންލައިން ޕްލެޓް ފޯމްގައި އެކްޓިވޭޓް ކޮއްލެވޭނެ. ވައުޗާ އަކީ ޕޭމަންޓް މޯޑެއް. އެއީ އިންޝިއުއަރެންސް އެއް ނޫން. އެ ބޭނުންކޮށްގެން އޮންލައިން ޕޯޓަލް އިން އިންޝުއަރެންސްއަކަށް ކޮންވާޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ،" ފިރުޝާން ވިދާޅުވިއެވެ.
އެލައިޑުންވަނީ މީގެ ކުރިންވެސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ހައްޖު އަދި އުމްރާ ތަކާފުލްގެ އިތުރުން މޮޓޯ ތާޑް ޕާޓީ އިންޝުއަރެންސް އޮންލައިންކޮށް ނެގުމުގެ ހިދުމަތް ފަށައިފައެވެ. ނަމަވެސް މިއަދު ތައާރަފްކުރި ގިފްޓް ވައުޗަރާއެކު އެލައިޑް ހޯމް ކޮންޓެންޓް ތަކާފުލްގެ ހިދުމަތްވެސް އޮންލައިންކޮށް ނެގުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ފިރުޝާން ވިދާލުވިއެވެ.

އެލައިޑް އަޔާތީ ތަކަފުލްގެ ޖެނެރަލް މެނޭޖާ އިބްރާހިމް ފިރުޝާން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެލައިޑް ހޯމްކޮންޓެންޓް ތަކާފުލް އަކީ، ގޭގައި ހުންނަ އަގުބޮޑެތި ފަރުނީޗަރު އަދި މުދާ ފަދަ ތަކެއްޗަށް ލިބިދާނެ ގެއްލުމަަކަށް ބަދަލެއް ހޯދައިދިނުމުގެ ގޮތުން އެލައިޑުން ތައާރަފްކޮށްފައިވާ އިންޝުއަރެންސް ޕޮލިސީއެކެވެ. އެ ޕޮލިސީގެ ދަށުން 50،000 ރުފިޔާއިން ފެށިގެން ފަސްލައްކަ ރުފިޔާއާ ދެމެދުގެ މުދަލަށް ކަވަރޭޖް ލިބިގެންދާނެ ކަމަށް އެލައިޑުން ބުންޏެވެ.
ފިރުޝާން ވިދާޅުވީ، ދިމާވެދާނެ ހާދިސާއަކުން ގޭތެރޭގެ ތަކެއްޗަށް ލިބޭ ގެއްލުމަށް ބަދަލު ހޯދުމަށް ހޯމް ކޮންޓެންޓް ތަކާފުލް ނަންގަވައިގެން ތިއްބެވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
"އަމިއްލައަށް ލިބޭ ގެއްލުމަކުން އަރައި ގަނެވޭނެ ވަރުގެ ހުރިހާ ބޭފުޅުންވެސް މި ތިބެނޫ އިންޝުއަރެންސް ކުރައްވައިގެން. އަދި ގެއްލުމެއް ދިމާވެއްޖެނެމަ އަމިއްލައަށް ގޭގެ ބެޑްރޫމްސެޓްވެސް ރިކަވާ ނުކުރެވޭ މީހުން މިތިބެނީ އިންޝުއަރެންސް ނުކޮށް. އެހެންވީމަ އަޅުގަނޑުމެން އިލްތިމާސް މިކުރަނީ އެފަދަ ހުރިހާ އެއްޗެއްވެސް އިންޝުއަރެންސް ކުރައްވާށޭ. ދެރަކަމެއް ދިމާވާނީ ބުނެފައެއް ނޫން. އެހެންވީމަ ދެރަކަމެއް ދިމާވާ ދުވަހު އަޔާދީ ތަކަފުލް އިން އެ ބޭފުޅުންނަށް އެހީތެރިވެދޭނެ އަނބުރާ ހުރި ހިސާބަށް ރުޖޫއަވުމަށް،" ފިރުޝާން ވިދާޅުވިއެވެ.
އެލައިޑުން ތައާރަފްކުރި ގިފްޓް ވައުޗާއަކީ ރާއްޖޭގެ އިންޝުއަރެންސް ކުންފުންނަކުން އަލަށް ތައާރަފް ކުރި ހިދުމަތެކެވެ. އެ ހިދުމަތް ބޭނުންކޮށް އާއިލާގެ މީހުންނާއި ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށްވެސް އިންޝުއަރެންސް ޕޮލިސީ ހަދިޔާއެއްގެ ގޮތުގައި ދެވިގެންދާނެއެވެ. އެލައިޑުން އަންނަނީ އެ ހިދުމަތައް އެ ކުންފުނީގެ އިތުރު ޕްރޮޑަކްޓްތައް ހިމެނުމަށް މަސައްކަތް ކުރަމުންނެވެ.