15 Feb 2018, 10:35
ސެމްސަންގް ގެ އާ ފޯނު ގެލެކްސީ އެސް9 އާ ގުޅޭ ގިނަ ވާހަކަތަކެއް މީގެ ކުރިންވެސް ވަނީ އާންމުވެފައެވެ.
ފޯނުގެ ާ ގުޅޭ ވާހަކަ ތަކާއި ވާހަކަތަކެވެ. މިމަހުގެ ފަހުކޮޅު ބާއްވާ މޮބައިލް ވޯލްޑް ކޮންގްރެސްގައި އެސް9 ބާޒާރަށް ތައާރަފްކުރާއިރު އެސް9 އަދި 9 ޕްލަސްގައި ސްޓީރިއޯ ސްޕީކަރު އަދި ތްރީޑީ އިމޯޖީ ހިމެނޭކަމަށް ހަބަރުތައް ބުނެއެވެ.
ކޮރެއާގެ އީޓީ ނިއުސްއާ ހަވާލާދީ ހަބަރުތައް ބުނާގޮތުން ސެމްސަންގްގެ ތްރީޑީ އިމޯޖީ، އެޕަލް އައިފޯނު އެކްސްގައި ހިމެނޭ އެނިމޯޖީ އަށްވުރެ އެޑްވާންސް ވާނެއެވެ. ފޯނު ބޭނުންކުރާ މީހާގެ މޫނުގެ ހަރަކާތްތަކާ އެއްގޮތަށް އެ އިމޯޖީތައް މަސައްކަތް ކުރާނެ ކަމަށްވެސް ހަބަރުތައް ބުނެއެވެ.
ސެމްސަންގް އިން ވަނީ ރިއަލިސްޓިކް ފޭސް ޓްރެކިން ފިލްޓާސް ސަޕޯޓުކުރާނެ ޗިޕެއް އެމީހުންގެ ފޯނުގައި ބޭނުންކުރާނެ ކަން ހާމަކޮށްފައެވެ. ތްރީޑީ އިމޯޖީގެ އިތުރުން ސެމްސަންގް އެސް9 ސީރީޒްގައި ސްޓީރިއޯ ސްޕީކަރު ހިމެނޭނެ ކަމަށާއި ފޯނުގެ ތިރި އަދި މަތީގައިވެސް ސްޕީކަރު ހުންނާނެ ކަމަށް ހަބަރުތައް ބުނެއެވެ. ބެލެވޭގޮތުގައި ފޯނުގައި ބޭނުންކުރާނީ ސެމްސަންގް އިން ހިންގާ އޭކޭޖީގެ ސްޕީކަރެވެ.
މިމަހުގެ 25ގައި ރިލީޒްކުރާ މި ފޯނުގެ ޓީޒާސްތަކަށްބަލާއިރު ފިންގާ ޕްރިންޓް ސްކޭނަރު ހިމަނާފައިވަނީ އެސް8 އެކޭ އެއްގޮތަށް ކެމެރާ ކައިރީގައެވެ. އަގުހުންނާނީ 800 ޑޮލަރިން ފެށިގެން 900 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ކަމަށް ބެލެވެއެވެ.