ވްލަދިވޮސްޓޮކް (އޮގަސްޓް 21) : އުތުރު ކޮރެޔާގެ ޒަޢީމް ކިމްޖޮންގްއިލް އާއި ރަޝިޔާގެ ރައީސް ޑިމިޓްރީ މިޑްވެޑޭވް ދެޤައުމުގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ރަޝިޔާގެ ރަށެއް ކަމަށްވާ ވްލަދިވޮސްޓޮކްގައި ބައްދަލުކުރައްވައިފި އެވެ. މިއީ ވޭތުވެދިޔަ ނުވަ އަހަރު ތެރޭގައި އުތުރު ކޮރެޔާގެ ޒަޢީމަކު ރަޝިޔާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

މިދަތުރުފުޅުގެ ބޭނުމަކީ އުތުރުކޮރެޔާގެ ނިއުކްލިޔާ މައްސަލަ ޙައްލުކުރުމުގައި ދެޤައުމުގެ ޚިޔާލުއެއްގޮތް ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރެއްވުން ކަމަށް ކްރެމްލިން އިންބުނެ އެވެ. ދެ ބޭފުޅުންގެ ރަސްމީ ވާހަކަތަކުގެ ތަފްސީލް ކްރެމްލިންއިން ހާމަކޮށްފައެއް ނުވިނަމަވެސް ދެ ޤައުމުގެ ގުޅުންތައް އިތުރަށް ތަރައްޤީ ކުރުމާ ބެހޭ ގޮތުންނާއި ރަޝިޔާގެ އިޤްތިސާދީ އަދި ޢަސްކަރީ އެހީ އުތުރުކޮރެޔާއަށް ލިބުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރަޝިޔާގެ މީޑިޔާ ޚަބަރުދެ އެވެ.

ރަޝިޔާގެ އިރުމަތީގެ ސަރަޙައްދެއް ކަމަށްވާ ވްލަދިވޮސްޓޮކް އަށް އުތުރުކޮރެޔާގެ ރައީސް ވަޑައިގެންނެވީ ޕްރައިވެޓް ރޭލެއްގައި ކަމަށް ޚަބަރުލިބެ އެވެ. އެންމެ ފަހުން އުތުރުކޮރެޔާގެ ޒަޢީމް ކިމް ޖޮން އިލް ރަޝިޔާ އަށް ވަޑައިގެންނެވީ 2002 ވަނަ އަހަރުއެވެ. (އަލްޖަޒީރާ)