Last Updated: 8 year 9 month ago

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ލައިވް ކަވަރޭޖަށް ސަންގެ ކިޔުންތެރީންނަށް މަރުހަބާ!
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00ގައި ކުޅޭ އެ މެޗަށް ޓީސީއާއި ބެންގަލޫރު ނުކުންނަ އިރު:
ޓީސީން ޕްލޭ އޯފްގެ ޖާގައެއް ހޯދީ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބަނގުލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބުގެ މައްޗަށް ކުރި ހޯދައިގެން. ބަނގުލަދޭޝް އަދި ރާއްޖޭގައި ކުޅުނު މެޗުވެސް ޓީސީން ވަނީ ކާމިޔާބުކޮށްފައި.
- ބެންގަލޫރުން ޕްލޭ އޯފްގެ ޖާގައެއް ހޯދީ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓެޑްގެ މައްޗަށް އެގްރިގޭޓުން ކުރި ހޯދައިގެން. ބޫޓާންގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނު ނަމަވެސް، އިންޑިއާގައި ކުޅުނު މެޗު ބެންގަލޫރުން ވަނީ ކާމިޔާބުކޮށްފައި.
- ޕްލޭ އޯފްގެ ދެ ލެގަށްފަހު އެގްރިގޭޓުން ކުރި ހޯދާ ޓީމަކަށް އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގެ ޖާގައެއް ލިބޭނެ. އެގްރިގޭޓުން ކުރި ހޯދާ ޓީމެއް ގްރޫޕް ސްޓޭޖުގައި ބައްދަލުކުރަން ޖެހޭނީ އިންޑިއާގެ އައިޒޯލްއާއި، ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި ބަނގުލަދޭޝްގެ ދާކާ އަބަހާނީއާ.
- ޓީސީއާއި ބެންގަލޫރު ބައްދަލުކުރާ ޕްލޭ އޯފްގެ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އިންޑިއާގައި.
ޓީސީގެ އަހްމަދު އާރިފް (އާރީ) ކުޅެން ނުކުތުމަށް ދަނީ ވޯމްއަޕް ކުރަމުން. ޕްރިލިމިނަރީ ބުރުގައި ބަނގުލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާ ދެކޮޅަށް ކުޅުނު ދެވަނަ ލެގު މެޗުގައިވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ، އާރީ ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައި. މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އާރީ ފެނިގެންދިޔައީ އއ. މާޅޮސް ޓީމުން.

ދަނޑުގެ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ކޮށްފައިވާކަން ފާހަގަކޮށްލެވޭ.
މިމެޗަށް ޓީސީން ނެރުނު ފުރަތަމަ 11އަކީ ކުރިން ޕްރިލިމިނަރީ ބުރުގައި ބަނގުލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާ ދެކޮޅަށް ކުޅުނު ދެވަނަ ލެގު މެޗުގައިވެސް ނެރުނު ފުރަތަަމަ 11.















