13 Feb 2018, 16:11
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި އޮވެ، ސަރުކާރުން ބައެއް ހައްގުތައް ހަނިކޮށްފައި އޮތް ނަމަވެސް، އިތުރު ބާރުތަކެއް އަތްޕުޅަށް ނަންގަވާކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަސައްކަތްޕުޅު ނުކުރައްވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ އެންޑީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޝައިނީ ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ފަހުން، އެ ހާލަތު އިއުލާނުކުރި ގަރާރު ދެފަހަރެއްގެ މަތިން އިސްލާހު ކޮށްފައިވާ ކަމަށެވެ.
"ދެ ފަހަރެއްގެ މަތިން އިސްލާހުކޮށް، ހިފަހައްޓާފައިވާ ބައެއް އިޔާދަ ކޮށްދީފައިވޭ،" ޝައިނީ ވިދާޅުވި އެވެ.
ކުއްލި ހާލަތު އިއުލާނުކުރުމުގެ ގަރާރާ އެކު، ގާނޫނު އަސާސީގެ ބައެއް މާއްދާތަކާއި ބައެއް ގާނޫނުތައް ހިމެނޭ ގޮތުން ެ.
ގަރާރަށް ގެނައި ފުރަތަމަ އިސްލާހުން ވެސް، ގާނޫނު އަސާސީގެ މާއްދާއަކުން އެއީ ހައްޔަރުކުރެވުނު ސަބަބު ވަގުތުން އެނގުމާއި، 24 ގަޑިއިރުގެ ތެރޭގައި އެ ސަބަބު ލިޔުމަކުން އެނގުމުގެ ހައްގާއި ހަނުހުރުމުގެ ހައްގުގެ އިތުރުން ހައްޔަރުކުރެވުނުތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، ބަންދާ މެދު ގޮތެއް ކަނޑައެޅުމެވެ.
ނަމަވެސް އެ ގަރާރަށް ދެވަނަ އިސްލާހުން، އަމަލުކުރުން ހިފަހައްޓާފައިވާ ކަމެއް އަލުން އިޔާދަކުރި އެވެ. އެއީ ސުޕްރީމް ކޯޓަށް ލިބިދީފައި އޮތް އެކެވެ.
ޝައިނީ އެންޑީޓީވީއަށް ވިދާޅުވީ، އަތްޕުޅަށް ގިނަ ބާރުތަކެއް އެއްކުރައްވާކަށް ރައީސް ޔާމީން އެދިވަޑައެއް ނުގަންނަވާ ކަމަށެވެ.