13 Feb 2018, 10:49
ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނައީމް (މޮނާޒާ ނައީމް) އާއި އިތުރު މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާނުކޮށްފި އެވެ.
ފުލުހުން ބުނީ އެ ދެމީހުން ހޯދަމުން ދަނީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ، ހުކުމް ތަންފީޒުކުރުމުގެ މައްސަލަތަކެއްގައި ހާޒިރުކުރަން ބޭނުންވެ، ހާޒިރު ނުކުރެވިފައި ވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމުން ކަމަށެވެ.
ފުލުހުން ބުނީ ކޯޓުން އަމުރުކޮށްފައި ވަނީ މޮނާޒާ ނައީމް މިއަދު 10:00 އަށް އޭނާ ކޯޓަށް ހާޒިރުކުރުމަށް ކަމަށެވެ.
ނައީމުގެ އިތުރުން ފުލުހުން ހޯދަމުންދަނީ ސ.މަރަދޫފޭދޫ، ނަސީމީގެ، މުޙައްމަދު ޝާނީޒެވެ. އޭނާ ހޯދަމުން ދަނީ ޔުނައިޓެޑް އޮޓޯ މޯބައިލް ކޮންޕެނީ ޕލކ އިން ދައުވާކުރާ މައްސަލައަކާ ގުޅިގެންނެވެ. ކޯޓުން އަމުރުކޮށްފައި ވަނީ މާދަމާ 10:00 އަށް އޭނާ ކޯޓަށް ހާޒިރުކުރުމަށެވެ.
ފުލުހުން ވަނީ، ނައީމާއި ޝަނީޒާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންނަށް އެކަން އަންގައިދިނުމަށް އެދިފަ އެވެ.