ހިތުގެ ބައިވެރިޔާ

މުސްކުޅި އަންހެނަކު އުމުރުގެ ފަހު ދުވަސްތައް ގުނަން އުނދޯލީގައި އިންދާ އޭނާގެ ކުރި މައްޗަށް ޖިންނިއެއް ފާޅުވެއްޖެ އެވެ.
"މުސްކުޅި އަންހެނާ! ބޭނުން ތިން ކަމަކަށް ނޭދޭނަންތަ؟" ޖިންނި ގޮވައިލި އެވެ.
"ދުނިޔޭގައި ނެތްވަރުގެ މުއްސަނޖަކަށް ހަދައިދީ،"
"ދެން ކޮންކަމެއް؟" ބިލްގޭޓްހާ މުއްސަންޖަކަށް ހަދައިދީފައި ޖިންނި އެހި އެވެ.
"އަށާރަ އަހަރުގެ އަންހެން ކުއްޖަކަށް ބަދަލު ކޮށްދެވިދާނެތަ؟"
"ކީއްވެ ނުވާންވީ އަހަރެން މިހުރީ ހަމަ ކަމަނާގެ ހިދުމަތުގައި،" ކުއްލިއަކަށް އަންހެނާ ބަދަލުވީ ޒުވާން އަންހެން ކުއްޖަކަށެވެ.
އެހުރިހާ މަންޒަރެއް ބަލަން އޮތް އެގޭ ބުޅާ އެތަނަށް އަތުވެއްޖެ އެވެ.
"ތިން ވަނަ ކަމަކަށް މި ބުޅާ ރަސްކަލަކަށް ބަދަލު ކޮށްދީ؟"
ހަމަ ކުއްލިއަކަށް ބުޅާވީ ރީތި ރަސް ކަލެއް ފަދަ ފިރިހެނަކަށެވެ.
"ތިޔަ އެޅީ ޅައެއްޗެއް؟" ޒުވާން ފިރިހެނަކަށް ބަދަލުވި ބުޅާ އަންހެން ކަމާނާއާ ދިމާއަށް ބުނެލި އެވެ.
"އަހަރެން ބުޅަލެއްގެ ސިފައިގައި އޮތް އިރު ފިހިގަނޑުން ތެޅިތަންތަނުން މިހާރުވެސް އެބަ ދިލަ ނަގާ،!"