13 Feb 2018, 08:59
މަޝްހޫރު އެކްޓަރު އިދްރީސް އެލްބާ އޭނާގެ ލޯބިވެރިޔާ ސަބްރީނާ ދައުރީ އާ އެންގޭޖް ވެއްޖެ އެވެ.
އިދްރީސް ކުރިން ބައެއް ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ބުނީ ކައިވެންޏެއް ކުރުމުގެ ހިޔާލު ނުގެންގުޅޭ ކަމަށާއި މިހާރު ބޮޑަށް ފޯކަސް ކުރަނީ ކުދިންގެ މުސްތަގްބަލަށް ޓަކައި ކަމަށެވެ.
އިދްރީސް،45، އޭނާގެ ލޯބިވެރިޔާ އާ އެންގޭޖް ވެފައި ވަނީ އޭނަގެ ފުރަތަމަ ޑައިރެކްޝަން "ޔާޑީ" ޕްރިމިއާ ކުރި ރަސްމިއްޔާތުގަ އެވެ.
އެ ދެމީހުން އެންގޭޖް ކުރުމާ ގުޅިގެން ދެ މީހުން ކައިވެނި އަވަސް މުސްތަގްބަލެއްގައި ކުރެވިގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
އިދްރީސް އޭނާގެ ލޯބިވެރިޔާއާ އެންޖޭޖްވި ވީޑީއޯ ޓުވިޓާގައި ދައުރު ވަމުންދާއިރު ގިނަ 'ފޭނުން' އަންނަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.
When you turn up to watch the#Yardiescreening with@Sainouclients@adnanmust_&@AkinGaziand the director@idriselbasteals the show...#marriagepropsalpic.twitter.com/aLYsnMNbzA
— David Marsden-Sainou (@AgentMarsden)February 10, 2018
އިދްރީސް އާ ހަވާލާދީ "ވޯގް" ނޫހުން ބުނީ އިދްރީސް ކައިވެނި ކުރާނެ ދުވަހެއް އަދި ނިންމާފައި ނުވާ ކަމަށާއި އެކަން ވެސް މާ ދުވަސް ނުވެ ކުރާނެ ކަމަށެވެ.
"ސޯޓެޑް"، "އެމެރިކަން ގޭންގް ސްޓާ" ފަދަ ފިލްމުތައް ކުޅެފައިވާ އިދްރީސް އަށް ވަނީ ދެ ކުދިން ލިބިފަ އެވެ.
މައުލޫމާތު: ވޯގް