ބޭނުންވާތަކެތި

4 ޖޯޑު )ގާނާފައިހުރި ޅަގަބުޅިހުނި(
2 ޖޯޑުހަކުރު
1 ސައިސަމުސާ ފޮނިތޮށި ކާފޫރު ތޮޅި )މުގުރި(
1 ޖޯޑު މާފެން
ކުލަކޮޅެއް )ބޭނުން ކުލައެއް(

ތައްޔާރުކުރާނެގޮތް

ތާސް އުދުންމައްޗަށް އުދާލާފައި ހަކުރާއި ގަބުޅި ހުންޏާއި އެއްކޮށް އަޅާލާށެވެ. ދެން މަޑު ގިނީގައި ދޭފަތުން ހަލަމުން ދާށެވެ. ހަރުވާންފެށުމުން މާފެނާއި ފޮނިތޮށި ކާފޫރުތޮޅި އެއްކޮށްފައި ކުލަ ހިފާވަރަށް ކުލަކޮޅެއްވެސް އެއްކޮށްލާށެވެ. ތާހުގެ ކާރިފަށުން ހިކި ދޭފަތުންހަލަމުން ދާއިރު ތާހުގެ ފޫ ފެންނަވަރަށް ހަރުވީމާ އުނދުންމަތިން ބާލާށެވެ. ދެން ރޮށި ދަމާ ފިލާގައި ބޯކޮށް ދަމާފައި ބޭނުންގޮތަކަށް ކަފާލާށެވެ.