20 Aug 2011, 23:11
ބޭނުންވާތަކެތި
3 ޖޯޑު ގަބުޅިހުނި
1 ޖޯޑު ބައި ހަކުރު
2 /1 ޖޯޑު މާފެން
6 ބިސް
ތައްޔާރުކުރާނެގޮތް
ހަކުރާއި ހުނި އެއްކޮށްފައި ތާހަކަށް އަޅާލާފައި އުނދުންމައްޗަށް އުދާލާފައި މަޑުގިނީގައި ދޭފަތުން ހަލަމުން ކައްކާށެވެ. ހުނި މޯޅިވީމާ ބިހާއި މާފެން އެއްކޮށްލާށެވެ. ކެކިހަރުވާންފެށުމުން އުނދުންމަތިން ބާލާފައި ހޫނުކަން ހުއްޓާ ގުޅަވަށާލާށެވެ.