12 Feb 2018, 14:06
މިދިޔަ އަހަރު ދިރާގަށް ލިބުނު ފައިދާގެ ތެރެއިން، ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 897.5 މިލިޔަން ރުފިޔާ ބަހަން ނިންމައިފިއެވެ.
ދިރާގުން މިދިޔަ އަހަރުގެ ތެރޭގައި ވަނީ އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި ހިއްސާއަކަށް 5.96 ރުފިޔާ ބަހައިފައެވެ. އެއީ ޖުމްލަ 452.9 މިލިޔަން ރުފިޔާއެވެ.
ދިރާގުން ބުނީ، މިއަހަރު ބާއްވަން ހަމަޖެހިފައިވާ، 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ބެހުމަށް ހުށަހަޅާނީ ޖުމްލަ 444.6 މިލިޔަން ރުފިޔާ، ނުވަތަ ހިއްސާއަކަށް 5.86 ރުފިޔާ ކަމަށެވެ.
އެހެންކަމުން ދިރާގުން މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ ޖުމްލަ އަދަދަކީ 896.7 މިލިޔަން ރުފިޔާއެވެ. އެއީ ހިއްސާއަކަށް 11.81 ރުފިޔާއެވެ.
ދިރާގުން ބުނީ 2017 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ބަހާނީ، އަހަރީ އަންމު ޖަލްސާގައި އިއުލާނުކުރާ "ބުކް ކްލޯޝާ ޑޭޓު"ގެ ކުރިން ކުންފުނީގެ ދަފްތަރުގައިވާ ހިއްސާދާރުންގެ މެދުގައި ކަމަށެވެ.
ދިރާގުގެ 2017 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބާއްވާ ތާރީޚެއް އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.