ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ތަރުޖަމާނު ފައިސަލް އާދަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ގާނޫނީ ވަކީލު ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައިސަލް ހައްޔަރުކޮށް ފުލުހުންގެ މައި އިދާރާއަށް ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް އަދި ވަކީލަށް ބައްދަލު ކުރެވޭގޮތް ނުވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިން ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.

އަދި ހަމަ އެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުވެސް ވަނީ ހައްޔަރުކޮށްފަ އެވެ.